ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިކްޕޯސްޓްގެ ހިދުމަތް ފޭސް ދޭއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

ޕިކްޕޯސްޓް ހިދުމަތް ބޭނުންކުރާ މަންޒަރު. ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަރަށް އަވަހަށް ޕިކްޕޯސްޓްގެ ހިދުމަތް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މޯލްޑިވިސް ޕޯސްޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހުޅުމާލޭގެ އެއް ވަނަ ފިޔަވަހީގައި ޕިކްޕޯސްޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔަތުގައި ވާހަކަދައްކަވަމުންނެވެ. އާދަމް މުހައްމަދު ވިދާޅުވީ މޯލްޑިވިސް ޕޯސްޓް ލިމިޑެޓްގެ އަންނަނީ މި ހިދުމަތަށް ދުނިޔޭގެ ފެންވަރުގައި ބޭނުންވާ ތަރައްގީއާއި ތަހުޒީބު ގެނެސް، ދިވެހި ރައްޔިތުންނަށް ކުރިއަރާފައިވާ ޕޯސްޓަލް ހިދުމަތުގެ އެންމެ ފުރިހަމަ ހިދުމަތްދިނުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ.

ޕިކްޕޯސްޓް ހިދުމަތުގައި ދިވެހިރާއްޖޭގައިވެސް ބޭނުންކުރަމުން އަންނަނީ އެންމެ ކުރިއަރާފައިވާ ތަހުޒީބު ގައުމުތަކުގައި ބޭނުންކުރާ ލޮކާ ސިސްޓަމްކަމަށް އާދަމް މުހައްމަދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ހިދުމަތް ވަރަށް އަވަހަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރެވިގެންދާނެކަމަށާއި، އިތުރު ޕިކްޕޯސްޓެއް އަދި ޕޯސްޓް އޮފީހެއް ވެސް ތަރައްގީ ކުރާނެކަމަށެވެ.

މޯލްޑިވިސް ޕޯސްޓް ލިމިޑެޓްގެ އީޓުކުރި ޕްލެޓްފޯމަށް އަލިއަޅުއްވާ ވާހަކަދައްކަވަމުން އާދަމް މުހައްމަދު ވިދާޅުވީ ދިވެހިރާއްޖޭގައި ކިރިއާވެސް އުފެއްދުންތެރި ބަޔަކު ތިބިނަމަ އެމީހުންގެ އުފައްދާ ތަކެތި އީ ޓުކުރި ބޭނުން ކޮށްގެން ވިއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.  އާދަމް މުހައްމަދު ވިދާޅުވީ މޯލްޑިވިސް ޕޯސްޓް ލިމިޑެޓްގެ އުއްމީދަކީ އީ ޓުކުރި ޕްލެޓްފޯމް ބޭނުންކޮށްގެން ދިވެހި އުފެއްދުންތެރި ރައްޔިތުންނަށް އަދަށްވުރެ ފަހި މުސްތަގުބަލެއް ފަހިކޮށްދިނުންކަމަށެވެ.

އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގައި އުފެއްދުތެރިކަމުގެ ހުނަރު ހުރި މުޖުތަމުގައި އެ މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ހިދުމަތްތެރި ދިވެހި ދައުލަތުގެ ކުންފުންޏޭ ދެންނެވުމުން އެއީ ދޮގަކަށް ނުވާނެ

މިއަހަރު ނިމުމުގެ ކުރިން މިހާރު ރާއްޖޭގެ ލޯކަލް މާކެޓުގައި ދައުރުވާ ދިވެހި އުފެއްދުންތެރިންގެ މުދާ އިންޓަނޭޝަނަލް މާކެޓަށް ނެރޭވޭނެ ގޮތެއް އީޓުކުރި މެދުވެރިކޮށް މޯލްޑިވިސް ޕޯސްޓް ލިމިޑެޓް އިން ފަހިކޮށްދޭނެކަމަށްވެސް އާދަމް މުހައްމަދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: