ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ނަގަނީ އެ ދެއްކޭނެ ގާބިލުކަން ހުރުމުން، އިގްތިސާދަށް ގެއްލުމެއް ނެތް: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ދަރަނި ނެގޭނެ ގާބިލުކަން އެބަހުރިކަމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދުވެސް އޮތީ ބާރަށް ކުރިއަށްކަމަށް އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޅަ ދަރިންގެ ބޮލުގައިވެސް ސަރުކާރުން ދަރަނި އަޅުވައިފިކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދެއްވަމު ފައްޔާޒް ވިދާޅުވީ އަންނަން އޮތް ޖީލަށް އުފާ ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް ސަރުކާރުން ލޯނު ވެސް ނަގަން ޖެހޭ ކަމަށާއި އެއީ އިގްތިސާދީ ގޮތުން ގޯސް ކަމެއް ނޫންކަމަށެވެ. އަދި މިފަދައިން ދަރަނި ނުނަގައި ކަންކަން ކުރިއަށް ނުގެންގޮސްފިނަމަ، އެ ކުދިންނަށް ޖެހޭ ގުލާނުކުރަންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން ވިދާޅުވާނެ މިއަދު ދަރަނި ނަގައިގެން އަޅުގަނޑުމެންގެ ޅަ ދަރިންގެ ބޮލުގަ ދަރަނި އެޅެނީއްޔޭ، ރަނގަޅު ވާހަކައެއް. އެ ދަރިންގެ ބޮލުގަ ދަރަނި ނޭޅި އަޅުގަނޑުމެން މިއަދު މިކަން ނުކޮށްފިއްޔާމުން އަނެއްކާވެސް އެކުދިން ޖެހޭނީ މާލޭގަ އައިސް ގެއެއްގަ ގުލާމު ކުރަންށޭ އެކުދިންގެ މުޅި އުމުރު ދާނީ

ފައްޔާޒް ވިދާޅުވީ އެ ބައެއްގެ އަމިއްލަ ރަށުގައި ތިބެގެން އުފދާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހެދޭނީ ދަރަނި ނަގައިގެންކަމަށެވެ. ލޯނު ނުނަގާ ސަތޭކަ އަހަރެއްހާ ދުވަހު މަޑުކޮށްގެން އެއްކުރެވޭ ފައިސާއިން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ވެސް މަޑުކުރެވިދާނެ ކަމަށާއި، ނަމަވެސް ދަރަނި ނެގޭނެ ގާބިލުކަން ރާއްޖޭގެ އިގްތިސާދުގައި އެބަހުރިކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެކަމު އަޅުގަނޑުމެން މި ނިންމީ ދަރަނި ނެގޭނެ ގާބިލުކަން ދިވެހިރާއްޖޭގައިވެސް އެބަހުއްޓޭ. ދިވެހި ރާއްޖޭގެ އިގްތިސާދު އޮތީ ހަމަ ބާރަށް ކުރިއަށް އިރާދަފުޅުލުރެއްވިއްޔާ

ފައްޔާޒް ފާހަގަކުރެއްވީ ދިމާވި އެކިއެކި ގޮންޖެހުންތަކާއިއެކުވެސް ސަރުކާރުން ގެންދިޔައީ ހުރިހާކަމެއްވެސް ކުރިއަށްކަމަށާއި ޓޫރިޒަމްވެސް މިހާރު އޮތީ ކޮވިޑް އައުމުގެ ކުރީގެ ހާލަތަށް ބަދަލުވެފައިކަމަށެވެ. އަދި ޓޫރިޒަމްގެ ދާއިރާއަށް އެއިރު ލިބުނު އާމްދަނީއަށްވުރެ މިހާރު އާމްދަނީ ލިބޭ މިންވަރުންވެސް އިތުރުވެފައިވާކަމަށް ފައްޔާޒް ވިދާޅުވިއެެވެ. އަދި ބޮޑު ތިލަދުންމަތީގެ ޓޫރިޒަމަށް އިންވެސްޓަރުންގެ ޝައުގު އިތުރުވަމުންދާކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީއިރު، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަމާޒުކުރަމުންދާ އެންމެ ބޮޑު ފާޑުކިޔުމަކީ ރާއްޖޭގެ މާލީ ރިޒާވް ދައްވުމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެފައިވުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދުވާލަކު ހައެއްކަ އަށެއްކަ އިންވެސްޓަރުން ރާއްޖޭގެ މާލީ ދޮރުގައި ޓަކިޖަހަމުންދިޔަކަމަށާއި މިހާރު ރާއްޖެއަށް އިންވެސްޓަރުން ގެނެވެފިއިވާތަން ނުފެންނާތީ، މިކަމުން ދައްކައިދެނީ ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނާއި އޮންނަ ގުޅުން ހީނަރުވެފައިވާ މިންވަރުކަމަށް އެބޭފުޅުން ފާހަގަކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: