ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ތަކުރުފާނު، ރައީސް ސާލިހު ގަނޑުވަރަކަށް ނުވައްދާނެ: މަލީހު

ރައީސް ސާލިހު އުތީމު ގަނޑުވަރުގައި: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު ތަކުރުފާނު ދުނިޔޭގައި ހުންނެވިނަމަ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އުތީމު ގަނޑުވަރަށް ވަދެވަޑައިގަތުމުގެ ފުރުސަތު ނުލިބުނީސްކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ސިފަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރެއްވުމަށް ރައީސް ސާލިހު އުތީމަށް ވަޑައިގެން ހުންނެވި ކަމަށް އިޝާރާތްކުރައްވާ، އެމަނިކުފާނުވަނީ ދިވެހިރާއްޖެ ބައެއްގެ އަތް ދަށު ކުރައްވާފައިކަމަށް ސިފަކުރައްވާ މަލީހު ވިދާޅުވީ، ރައީސް ސާލިހަށް އުތީމުން މަރުހަބާ ނުކިޔުމަކީ އެ ރަށުގެ ރައްޔިތުންގެ ޒިންމާއެއްކަމަށެވެ.

މަލީހު ވިދާޅުވީ، މުހައްމަދު ތަކުރުފާނު ދުނިޔޭގައި ހުންނެވިނަމަ، އުތީމު ގަނޑުވަރަށް ވަޑައިގަތުމަށް ރައީސް ސާލިހަށް ދައުވަތެއް ނުދެއްވާނެކަމަށެވެ. އަދި ރައީސް ސާލިހަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ފަދަ ގޮތަކަށް އަމަލު ކުރައްވާފައިވާ ވެރިއެއްކަމަށް ސިފަކުރައްވާ މަލީހުވަނީ ރައީސް ސާލިހަށް މަރުހަބާ ކިޔަން ޖެހުނު ދުވަހަކީ އެ ރަށުގެ ރައްޔިތުންނަށް ތާރީހީ ގޮތުން އަނދިރި ދުވަހެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް މަލީހުވަނީ ރައީސް ސާލިހު އަދި ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމްވަނީ ރާ ފުޅިއެއްގެ ފޮޓޯގަނޑެއް އާންމުކުރައްވާފައިކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ރާއްޖައި “ބަނގުރާ ޖެނަރަލް” ގެ މަގާމެއް ނޯންނާނެކަމަށެވެ.

ދިވެހި ރައްޔިތުން ރައީސް ސާލިހާއި މަޖިިލީހުގެ ސުޕަރ މެޖޯރިޓީ ހަވާލު ކުރެއްވީ ޒިންމާތަކަކާއި އެކު ކަމަށް ފާހަގަކުރައްވާ މަލީހުވަނީ ޝަމީމް އުޅުއްވަނީ ގާނޫނަށް ވުރެ މަތީގައިތޯ ސުވާލު ކުރައްވާފައެވެ. އަދި އެފަދަ އަމަލުތަކަކީ ރައްޔިތުން “ޒީރޯ ޓޮލަރެންސް” ގެންގުޅޭ ކަންކަންކަމަށް ސިފަކުރައްވާ އެނާވަނީ ޝަމީމާއި މެދު އަޅާނެ ފިޔަވަޅާއި މެދު ރައީސް ސާލިހު ގޮތް ނިންމަވަން ގޮވާލާފައެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 5%ވަރަށް ދެރަ 41%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: