އާއްމު ޤަވާއިދުތަކާ ބެހޭ ޤާނޫނަށް އިޞްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރުމަށްފަހު ޤާނޫނާއި ބެހޭ ކޮމިޓީން ނެރުނު ރިޕޯޓު މަޖިލީހުން ފާސްކޮށްފިއެވެ.
މި ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވި 42 މެންބަރުންގެ ތާއީދާ އެކުގައެވެ.
އާއްމު ޤަވާއިދުތަކާ ބެހޭ ޤާނޫނަށް އިޞްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ.މި އިޞްލާހުގައިވަނީ، އާއްމު ގަވާއިދުތަކާއި ބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެދިފައެވެ.
އާއްމު ޤަވާއިދުތަކާއިބެހޭ ޤާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ ޤަވާއިދުތައް:
- ޤަވާއިދު ނަމްބަރު 50، ގިންތި ކަނޑައެޅުމާއި ދަރަޖަ ކުރުމިުގެ ޤަވާއިދު
- ޤަވާއިދު ނަމްބަރު 61، ރެގިއުލޭޝަން ފޯ ފައިނޭންސް ލީސިންގް ކޮމްޕެނީސް އެންޑް ފައިނޭންސް ލީޒިން ޓްރާންސެކްޝަން 2001
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑަށް އަމަލުކުރުމުގެ ޤަވާއިދު
- ރީބްރޯޑްކާސްޓް ކުރާ ޗެނަލް ކްލެސިފައި ކުރުމުގެ ޤަވާއިދު
- ދިވެހިރާއްޖޭޣައި ޝާޢިއުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ޤަވާއިދު
- ކޮލެޖުތަކާއި ތާޝިއަރީ އިންސްޓިޓިއުޝަންތައް ރެޖިސްޓްރީކޮށް ހިންގުމާއި ބެހޭ ޤަވާއިދު
މީގެ އިތުރުން ޖަދުވަލު ދޭއްގައިވަނީ:
- ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6.1
- ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6.2
ޤަވާއިދާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓުގައި ވަނީ އާއްމު ޤަވާއިދުތަކާ ބެހޭ ޤާނޫނުހގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޯށްފައިވާ ޤާނޫނުތަކަށް ޢަމަލުކުރުމުގެ މުއްދަތު އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައެވެ.

