ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްއާލުގެ އިލްތިމާސް: ސައިޓުތަކުގައި އަނިޔާ ނުލިބޭ ގޮތަށް މަސައްކަތް ބައްޓަން ކުރަން ޖެހޭ!

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަފްއާލު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސައްކަތުގެ މާހައުލުގެ ސަލާމަތީ ޔަގީންކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއްކުރަން މުހިންމުކަމަށް އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މަސައްކަތަކަށް، ހަދަމުން ދިޔަ އިމާރާތަކަށް ދަނޑުތަކެއް އެރުވުމުގެ މަސައްކަތްތަކެއް ކުރަނިކޮށް ދަގަނޑެއް ވެއްޓި ބިދޭސީއަކަށް ވަނީ ސީރިއަސް ބޮޑު އަނިޔާއެއް ލިބިފަ އެވެ. ސެޕްޓެމްބަރު 17، ގައި ހިނގި އެ ހާދިސާގައި އަނިޔާވީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ މުވައްޒަފަކަށެވެ. ހާދިސާގައި ބިދޭސީ މީހާގެ މޫނަށް ހެރުނު ދަނގަޑު ހަށިގަނޑުގެ ތެރެއަށް ވަދެގެން ގޮސް ޖެހިފައި ވަނީ ެުއުކުޅުވަޅުގެ ކަށިގަނޑުގަ އެވެ.

މި އަނިޔާތަކަށް އޭނާއަށް ފަރުވާދީފައި ވަނީ، އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ބިދޭސީގެ މޫނަށް ދަނގަޑު ހެރުނު ކޭސް އާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ ޑޮކްޓަރުންގެ ޓީމުން ބުނީ އެ ދަގަނޑުު ނެގުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ބިދޭސީ މަސައްކަތްތެރިޔާ ހޮސްޕިޓަލަށް ގެނައުމުން ސްޓޭބަލްކޮށް ހޭނެއްތި ކަމަށް އެ ޓީމުން ކިޔާދެއްވިއެވެ. އަދި ޕްރޮސީޖާގައި ދަތިތަކެއް ދިމާވި ނަމަވެސް މާތްﷲ ގެ ވާގިފުޅާއި އެކު އެނާގެ ހާލަތު މިވަގުތު ރަނގަޅު ކަމަށެވެ. އަފްއާލު ވަނީ، ކޮންމެ ފަހަރަކު މިފަދަ ހާދިސާއެއްގައި މީހަކު ސަލާމަތް ނުވެ ހިނގައިދާނެކަމަށާއި، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އަފްއާލް ވިދާޅުވީ، ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތުގެ ދާއިރާތައް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި މަސައްކަތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ވަރަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

”އަޅުގަނޑުގެ އިލްތިމާސަކީ މިފަދަ ކަންކަމުގައި އިސްކޮށް އުޅުއްވާ ހުރިހާ ބޭފުޅުން ވެސް، އެ ބޭފުޅުން ދިރިއުޅުއްވަން ހޯއްދަވާ އެ އާމްދަނީ ހޯއްދެވުމުގައި، އެހެން ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަން އިސްކަމެއްގެ ގޮތުގައި ބައްލަވައިގެން އެކަމަށް ސަމާލުކަން ދެއްވައި، އެމީހުންގެ ދިރިއުޅުން ހޯދައިދޭން މަސައްކަތް ކުރާ މީހުންގެ ދިރިއުޅުން ދުޅަހެޔޮ، ރަނގަޅު އަނިޔާއިން ރައްކާތެރިވެގެންވާ ދިރިއުޅުމަކަށް ހައްދަވައިދެއްވާށޭ،“ މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަފްއާލް ވިދާޅުވި އެވެ.

މި ހާދިސާގައި ބިދޭސީ މީހާގެ މޫނަށް ދަގަނޑު ވަދެފައި ވަނީ، ނޭފަތުގެ ކަށިތަކުންނެވެ. އަދި އެ ދަގަނޑު ގޮސް ތަލީގައި ޖެހި ފޫއަޅުވާލުމަށް ފަހު ކަރުގެ ފަހަތުން ގޮސް ޖެހިފައި ވަނީ މައިބަދައިގަ އެވެ. ޑޮކްޓަރުން ހިއްސާ ކުރެއްވި ގޮތުގައި މައިބަދައިގެ ފުރަތަމަ ތިން ބަދައަކަށް ވަނީ ގެއްލުން ލިބިފަ އެވެ. ދަގަނޑު މައިބަދައިގައި ޖެހި ގޮސް ވަނީ ފުއްޕާމޭގައި ވެސް ޖެހިފަ އެވެ. ދަގަނޑު އެންމެ ފަހުން ގޮސް މައިތިރިވެފައި ވަނީ ފުއްޕާމޭގެ އެއްބައިގައި ޖެހި، އޭގެ ތިރިން އިންނަ ޑަޔަފްރަމް މަސްގަނޑާއި ބަނޑުގެ މަސްގަނޑު ފޫއަޅުވާލައި ގޮސް އުކުޅުވަޅުގެ ކަށިގަނޑުގައި ޖެހި އެވެ.

މީއީ ވަރަށް ނުރައްކާތެރިކޮށް ހިނގި ހާދިސާއެއްކަން ފާހަގަކޮށް އަފްއާލު ވިދާޅުވީ ބޮޑެތި އަނިޔާތަކާއިގެން އޭޑީކޭ ހޮސްޕިޓަލުގެ ބެލުމުގެ ދަށަށް ގެންނަ މީހާ ސަލާމަތް ކުރެވުމުން ނުނިމޭނެކަމަށެވެ. އޭނާ ވިދާޅުވީ، އަނިޔާއެއް ލިބޭ މީހާއަށް އެކަމުގެ ސަބަބުން ލިބިގެންދާ ޖިސްމާނީ އަދި މާލީ ގެއްލުންތަކުގެ އިތުރުން އެ މީހާ މަސައްކަތުގެ މާހައުލުންގައި ޝާމިލުވެ ނެތުމުގެ ސަބަބުން މަސައްކަތްތަކަށް ބުރޫ އަރައިގެން ދިއުމަކީ ވެސް ލިބޭ ގެއްލުންތަކެއް ކަމަށެވެ.

އެހެންކަމުން މިފަދަ ހާދިސާތައް ދިމާ ނުވާނެ ގޮތަކަށް މަސައްކަތްތައް އިންތިޒާމު ކުރުން މުހިންމުކަމަށާއި، ކުރެވިދާނެ ގިނަ ކަންކަން ހުރިކަމަށް އެނާ ވިދާޅުވި އެވެ.

މަސައްކަތުގެ މާހައުލު ރައްކައުތެރި ކުރުމަށް ކުރެވިދާނެކަންކަމަށް އަލިއަޅުވައި އަފްއާލް ވިދާޅުވީ، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މައިޖަމިއްޔާއިންވަނީ މީގެ އަށެއްކަ އަހަރު ކުރިން ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭކަންކަން ތަފްސީލުކޮށް ބަޔާންކޮށް، އެންމެހާ ކުންފުނިތަކާއި ހިއްސާކޮށްފައިކަމަށެވެ. އަދި އެ އިރުޝާދުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެންގިފައިވާކަމަށްވެސް އެނާ އިޝާރާތްކުރެއްވާ އެނާވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އެ ގައިޑްލައިން ލިބެން ހުރިކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: