ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔަނާތާއި ރިޝްވަތުގެ ތުހުމަތާއި އެކު އިސްތިއުފާ ދިން މެޖިސްޓްރޭޓުގެ މައްސަލަ ފުލުހާއި އޭސީސީއަށް!

މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް މަގާމުން އިސްތިއުފާ ދެއްވި މެޖިސްޓްރޭޓު އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރި އަހުމަދު ސައީދުގެ މައްސަލަ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ސައީދުގެ މައްޗަށް ކުރަނީ، މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބަހައްޓައި އެކަމާއި ގުޅުވައި ރިޝްވަތު ނަގާކަމުގެ ތުހުމަތެވެ. ޖޭއެސްސީން މައްސަލަ ބަލެމަށް ނިންމައި، މިދިޔަ އޮގަސްޓު މަހުގައި އެކަން އާއްމު ކުރުމުން ސައީދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މި މަހުގެ 06 ވަނަ ދުވަހު އެވެ.

މަގާމުން ސައީދު އިސްތިއުފާ ދިނުމުން، ފަނޑިޔާރެއްގެ މަގާމުގައި ނެތް މީހެއްގެ މައްސަލައެއް ޖޭއެސްސީއަށް ތަހުގީގު ނުކުރެވޭތީ ކޮމިޝަނުން މައްސަލަ ފައިލް ކުރި އެވެ. އަދި ނިންމީ މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިޔަށް ގެންދިއުމާއި ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމަށެވެ.

ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، ސައީދުގެ މައްޗަށް ކުރާ ހިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަ ފުލުހުންނާއި އޭސީސީއަށް ހުށަހެޅުމަށެވެ.

މައްސަލަތައް ކުރިޔަށް ގެންދިއުމުގެ ގޮތުން ފަނޑިޔާރުން މައްސަލަ ރައްދުވާ މީހުންގެ އަތުން ރިޝްވަތު ނަންގަވާކަމުގެ ތުހުމަތު އަބަދުވެސް ކުރެވެ އެވެ. އަދި މައްސަލަތައް ތާވަލު ކުރުމުގައި ލަސްތަކެއް ގެންގުޅުމާއި، ވަކި ގޮތަކަށް އަމަލު ކުރާތީވެ ޖޭއެސްސީން އެފަދަ މައްސަލަތައް ބެލުމަށް ފަހު ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅާފައި ވެއެވެ. ބައެއް ފަނޑިޔާރުން ޖޭއެސްސީން މައްސަލަ ބަލަން ފެށުމާއި އެކު އިސްތިއުފާ ދެއްވަ އެވެ.

މި މައްސަލަތަކުގައި ކުރެވޭ ސީރިއަސް ތުހުމަތުތައް، ޖޭއެސްސީން ކަމާއި ގުޅުން ހުރި އެކި އިދާރާތަކަށް ހުށަހަޅާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: