ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އޯޝަން ވީކްލީ ހަފްތާ މަޖައްލާ ވިއްކަން ފަށައިފި

ޓެކްސް ބޮޑު ކުރުމާއި އަދި އޭގެ ނަތީޖާއާއި ގުޅޭ ގޮތުން ނެރުއްވި މަޖައްލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވާ ހަފްތާ މަޖައްލާ ވިއްކަން ފަށައިފިއެވެ.

މާލޭގެ ނުވަ ފިހާރައަކުން މި މަޖައްލާ ލިިވަޑައިގަންނަވާއިރު، “އޯޝަން ވީކްލީ” ގެ ނަމުގައި ނެރޭ މި ހަފުތާ މަޖައްލާގައި ކޮންމެ ހަފުތާއެއްގައި ވެސް ހިނގާ މުހިއްމު ކަންކަމާ ބެހޭ ގޮތުން އަލިއަޅުވާލާނެކަމަށް މައުލޫމާތުދެއްވައިފައިވެއެވެ.

ޓެކްސް ބޮޑު ކުރުމާއި އަދި އޭގެ ނަތީޖާއާއި ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ، މި ހަފްތާގެ މަޖައްލާ އަދި ނެރުއްވާ ފުރަތަމަ މަޖައްލާ މިހާރު އާންމުކޮށް ވިއްކަފަށާފައިވާއިރު، ގަންނަން ލިބޭނީ އޯޝަން ލައިބްރަރީ، ނޮވެލްޓީ ބުކްޝޮޕް، އަޝްރަފީ ބުކްޝޮޕް، ރާދަ ބުކްޝޮޕް އާއި ނާރސަރީ ބުކްޝޮޕް އަދި ޑޯލްފިން ކެފޭ އާއި ރަސްފަންނު ސިޓްރޯން އާއި ސިޓްރޯންގެ އިތުރުން މެރާކީގައެވެ.

ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ރައީސް ނަޝީދަކީ ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖެއަށް ހޯދައިދިނުމުގައިވެސް ގިނަ މަސައްކަތްތަކެއްކޮށް، އެކަމަށް ވާކާލާތުކުރައްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: