ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދުގެ ފާޑުކިއުން ސަރުކާރަށް: ދައްކަވާނެ ދުވަހެއް، ދައްކަވާފަ ގެންދަވާނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ތިމާވެށި ފެންނަނީ ވަކި މޫސުމެއް ޖެހުމުންކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ހެދު ހެދުމުގެ މަޝްރޫއުއަށް އެ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލައިގައި، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯޓަށް ވަޑައިގެން މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފަ އެވެ. ރައީސް ނަޝީދު މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގަސްތައް ކެނޑުމުގެ ސަބަބުން މޫސުމީ ބަދަލުތަކާއި ކުރިމަތިލާން ޖެހި، ތިމާވެއްޓަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވާނެކަމަށް ބުނެ އެވެ.

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން، ތިމާވެއްޓަށް މި ނޫން ވެސް އެތައް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކޮށް ސައީދު އެންމެ ފުރަތަމަ އިޝާރާތް ކުރެއްވީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކަށެވެ. ޕްލެޓްފޯމުގައި ހުރި ދަގަނޑުތަކެއްގެ ސަބަބުން ފަރުގައި ބޮޑެތި، 10 ފޫޓުގެ ބޮޑެތި ވަޅުގަނޑުތައް ވަނީ އުފެދިފަ އެވެ. އަދި އެ ގައްލުންތައް ލިބުނުތާ އެތައް ދުވަހެއް ވީއިރު އަދިވެސް އެ ަސަރަހައްދު އެއްކޮށް ސާފެއް ނުކުރެ އެވެ.

ސައީދު ވިދާޅުވީ ސަރުކާރަށް ބްރިޖެއް އެޅޭނީ ވެސް، މި ސަރަހައްދުގެ ދެ ތިން ފަރަށް ގެއްލުން ވެ ހަފުސްވުމުން ހެން ހީވާކަމަށެވެ.

ސައީދު ވިދާޅުވީ، މައްޗަށް މޫދުވާ ގަސްތަކާއި، އަރިއަޅާ ގަސްތައް އަދި މާފުންކޮށް ބިންތޮރުފާ ގަސްތައް ހުންނަކަމަށެވެ. އެހެންނަމަވެސް ދެރަކަމަކީ، އެ ގަސްތައް ހުންނަ ކަން އެނގެނީ ވަކި މޫސުމެއް ޖެހުމުންކަމަށެވެ. މިއީ ރައްޔިތުންގެ ތާއީދާއި، ސަމާލުކަން ހޯދުމަށް ރައީސް ނަޝީދު ދައްކަވާ ވާހަކަތަކެއްކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ.

މީގެއިތުރުން ސައީދު ވިދާޅުވި، ތިމާވެއްޓަށް ކޮންކްރީޓު ވަރެއް ނެތްކަމަށެވެ. އަދި އެމްޑީޕީއަތުން ވެރިކަން ގެއްލިގެންދާނީ، އެ ޕާޓީއަށް ފެންނަން ހުރި ދުވަހެއް ފެނުމަށް ފަހުކަމަށްވެސް އެނާ ވިދާޅުވިއެވެ.

ގަސް ކަނޑާ މައްސަލައިގައި ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދިޔަ ނަމަވެސް، ސަރުކާރުން ވަނީ ގަސްތައް ނުކަނޑައި އެ މަޝްރޫއު ކުރިޔަށް ގެންދެވެން ނެތްކަމަށް ބުނެފަ އެވެ. އަދި މަޝްރޫއު ނިމޭއިރު މަގުގައި ގަސްތައް ޖަހާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: