ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ހަރުދަނާކުރަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް. ފިިޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ޞިއްޙީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ. ސަރުކާރުން މިހާރުވެސް ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވީ ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެހެންނަމަވެސް ޞިއްޙީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަންހުރި ކަންކަން އެބަހުރިކަމަށެވެ.

ޞިއްޙީ މަރުކަޒުތަކުގެ އިސްވެރިން ވަނީ ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ޚިދުމަތާއި ބޭސްލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، އަދި ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް ރައީސް ސާލިހަށް ހުށައަޅުއްވާފައެވެ.

މުސާރައަށް ގެންނަ ރަގަޅު ބަދަލުތަކުގެ ސަބަބުން ރަގަޅު ނަތީޖާއެއް ނެރެވޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ މީގެ ކުރީގައި ދެން މުސާރައިގެ ހެޔޮ ބަދަލެއް ފެންނާނީ ސިއްހީ ދާއިރާގެ ތެރެއިން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ސިއްހީ ނިޒާމަކީ ގޮންޖެހުންތަކާއިއެކު އަދިވެސް ފުރިހަމަކުރަން ޖެހިފައިވާ ނިޒާމެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯޓްރީގެ ހިދުމަތް އަމާޒުކޮށްފައިވަނީ އެ ހިދުމަތް ކުރިން ނެތް ރަށްތަކުގައި އެހިދުމަތް ލިބޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެކަމަށް ރައީސް ސާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެ އިތުރުން ސިއްހީ ނިޒާމު ތަރައްގީކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާ އެކު ގައުމީ ހެލްތު ލެބޯޓްރީއެއް ގާއިމުކޮށް، އަތޮޅު ތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތަކެއް ގާއިމުކުރުމަށްޓަކައި ވަނީ 200 މިލިއަން ރުފިޔާގެ ލޯނެއްވެސް ނަގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: