ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 12 ރަށެއްގެ ވޮލީކޯޓް މަސައްކަތް ވަނީ ނިމިފައި: މަހްލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް 12 ރަށެއްގެ ވޮލީކޯޓް ނިމިފައިވާ ކަމަށާއި 38 ރަށުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު  ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ފެލިދު އާއި ފުލިދޫގެ ވޮލީކޯޓް މަސައްކަތަކީ އަވަހަށް ފަށަންޖެހޭ މަސައްކަތް ކަމަށެވެ.

ފަޒުލް ގެ ސުވާލުގައި ފުލިދޫ އަދި ފެލިދޫގެ ވޮލީކޯޓް ތަރައްގީ ކުރުމަށް ބަޖެޓް ކުރެވި އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ އެދެރަށުގެ ވޮލީކޯޓް ތަރައްގީ ކުރެވޭނެ މަސައްކަތް ފެށޭނެ ތާރީހަކާއި ބެހޭ ގޮތުން ވަނީ ސުވާލުކުރައްވާފައެވެ.

މަހުލޫފް ވިދާޅުވީ ފުލިދޫ ވޮލީކޯޓް އެޅުމަށް   ހަމަޖެހިފައިވާ ސަރަހައްދުގައި ރުއްތަކެއް ހުރުމާއި އެ ރުއްތަކުގެ ބަދަލާއި އެރުއްތަށް ނެގުމަށްދާނެ ހަރަދުގެ ތަފްސީލީ މައުލޫމާތުތައް މިނިސްޓްރީއަށް ނުލިބިވާތީ ކަމަށެވެ. އަދި ފެލިދޫގައި ވޮލީކޯޓް ނޭޅި ލަސްވަނީ ފެލިދޫގައި ވެލި ދެ ކޯޓް އޮވެ ރަށު ކައުންސިލުން ދެކޯޓް ތަރައްގީކުރަން ބޭނުންވާ ކަމަށާއި ނަމަވެސް މިނިސްޓްރީން ހަދައިދެނީ އެއް ކޯޓު ކަމަށް މަހުލޫފް ވިދާޅުވިއެވެ. އޭގެ އިތުރުން ފެލިދޫގައި މިހާރުއޮތް ދެ ކޯޓް އިން ސަރަހައްދުގައި ހުރި ފެންސެއް ނަގައި އެތަން ވަކި ގޮތަކަށް ރޭނުމަށް އެދުނު ކަމަށާއި އެކަމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ކޮންމެ ރަށަކަށް އަގެއް ހަދައިގެން ވަކިގޮތަކަށް މަސައްކަތްތައް ކުރަމުންދާއިރު އެކަމަށް އިތުރަށް ހަރަދުތަކެއް ހިނގާނެ ގޮތަކަށް އެކަން ކުރަން އުޅުމުން ގިނަ ރަށްރަށަށް އެކަން ކޮށްދިނުމަށް ދަތިވެގެންދާ ކަމަށެވެ.

ގުޅިގެން ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި  ފުލިދޫގައި ވޮލީކޯޓް އަޅާ ސަރަހައްދުގައި ރުކެއް ނުހުންނާނެ ކަމަށާއި އެކަމާއި ގުޅިގެން ސިޓީއެއް މިނިސްޓްރީ އަށް ފޮނުވުމާއި ގުޅިގެން މިނިސްޓްރީ އިން ޓީމެއް ދެރަށަށް ޒިޔާރަތް ކުރަން އުޅުނު ވާހަކަ އަޑު އިވުނު ކަމަށާއި އެ ދަތުރު ކެންސަލްވި ވާހަކަވެސް އަޑު އިވުނު ކަމަށް ފަޒުލް ވިދާޅުވިއެވެ.

ވ އަތޮޅަކީ ވޮލީއަށް ހާއްސަ އަތޮޅެއް ކަމަށާއި އެ އަތޮޅުގައި ގައުމީ ޓީމަށް ކުޅޭ ހަތަރު ކުޅުންތެރިން ހިމެނޭ ކަމަށާއި ވޮލީ ކޯޓެއް ތަރައްގީ ކުރާއިރު އެތަން ބޭނުން ނުކުރެވޭނެ ގޮތަށް ފައިސާ ހަރަދުކޮށްގެން ތަރައްގީކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށާއި ކޯޓްގެ ބޭރުން ޖަހާ ފެންސު ކޯޓަށް ވުރެން މަތިން ޖަހާފައިނުވާ ނަމަ ބޯޅަކުޅޭއިރު ބޭރަށް ދާނެ ކަމަށާއި އެކަން ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ވ އަތޮޅުގެ ތިން ރަށުގައި ވޮލީކޯޓް އެޅުމަށް ހިމަނާފައިވަނީ އެ އަތޮޅުގައި ވޮލީ ކުޅޭތީ ކަމަށާއި ބޭނުމަކީ އަތޮޅުގެ ތެރޭގައި ވޮލީ އިތުރަށް ފުޅާކޮށް ދިރުވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: