ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓަށް ފެން ވަދެ ކޭބަލްތަކަށް ގެއްލުންވުމުން، އޮންލައިން ޝަރީއަތްތައް މިއަދު ކެންސަލް!

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން، ބާވެ ހަލާކުވެފައިވާ ކްރިމިނަލް ކޯޓުގެ އިމާރާތަށް ވާރޭ ވެހި ފެނުގެ އަސަރު ކުރަމުން ދާތީ މިއަދަށް ތާވަލު ކުރި  ވީޑިއޯ ކޮންފަރެންސް އަޑުއެހުންތައް ކެންސަލްކޮށްފި އެވެ.

ވާރޭވެހި ފެން ފޭބުމުގެ ސަބަބުން ކްރިމިނަލް ކޯޓަށް ހާޒިރުވެގެން ކުރިޔަށް ގެންދާ ބައެއް އަޑުއެހުންތައް މިދިޔަ ދުވަސްތަކުގައި ކެންސަލްކޮށްފައި ވެއެވެ. ވީޑިއޯ ކޮންފަރެންސް ޝަރީއަތްތައް އެހެން ދުވަހަކަށް ފަސް ކުރީ ވިސާރައިގައި ކޯޓުގެ ސާވާ ރޫމަށް ގެއްލުންތަކެއް ލިބުމުންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ފަދެ ސާވާ ރޫމަށް ވެސް އޭގެ އަސަރު ކުރުމުން ސާވާ ރޫމުގެ ކަރަންޓާއި، ނެޓްވޯކު ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެހެންވެ މިއަދުގެ ހެނދުނަށް ތާވަލު ކުރި އަޑުއެހުންތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ހުރި ހުރިހާ އަޑުއެހުމެއް ކެންސަލްކޮށްފައިވާކަމަށް ކޯޓުން ބުންޏެވެ.

ވީޑިއޯ ކޮންފަރެންކޮށް ކުރިޔަށް ގެންދާ ޝަރީއަތްތައް ކެންސަލް ކުރި ނަމަވެސް، ކޯޓަށް ހާޒިރުވެގެން ކުރިޔަށް ގެންދާ އަޑުއެހުންތައް ކުރިޔަށް ދާނެކަމަށ ކްރިމިނަލް ކޯޓުން މައުލޫމާތު ދެ އެވެ.

މާރުކޭޓު ސަރަހައްދުގައި ހުންނަ ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ގިނަ އަހަރުތަކެއް ވެފައިވާއިރު، ފެން ފޭބުމާއި އަދި އެ ނޫން ވެސް ސަބަބުތަކާއި ހުރެ ޝަރީއަތްތަކަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. އަދި އިމާރާތުގެ ހާލަތު ދެނެގަތުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު އެކުލަވާލި ކޮންސަލްޓެންސީ ރިޕޯޓުގައި ވަނީ ކޯޓު ހިންގާ އިމާރާތުގައި ރެނދުލައި ފެން ފައިބާތީ، އެއީ ރައްކާތެރި ތަނެއް ނޫންކަމަށެވެ. އެކަމަކު އާ އިމާރާތެއް ހޯދުމަށް ފާއިތުވެ ދިޔަ އަހަރެއް ހާ ދުވަހުން ފެށިގެން ކުރަމުން ދާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބުނެ އެވެ. އެ އިދާރާއިން އާއްމު ކުރި ބަޔާނެއްގައި ވަނީ ކޯޓު ހިންގަން އަދި އެކަށީގެންވާ އިތުރު އިމާރާތެއް ދައުލަތުގެ މުވައްސަސާތަކަށް ހުށަހަޅައިގެން ވެސް ލިބިފައި ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: