ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމްޕްރޮމައިޒް ވެފައިވާ މަގާމެއްގައި ދުވަހަކުވެސް ނީންނާނަން: ރައީސް ނަޝީދު

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްަމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މަގާމެއްގައި ކޮމްޕްރޮމައިޒް ވެފައި ހުންނަން ވެއްޖެނަމަ އެ މަގާމެއްގައި ނީންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާން އިންނެވީ ކޮމްޕްރޮމައިޒްވެފައި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވުމާއި ގުޅިގެންނެވެ.

އަޒްހާން މަރުވެފައިވާ ކަމަށް ބުނާ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރުމުން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 42 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ރައީސް ނަޝީދު އިންނެވީ ކޮމްޕްރޮއިޒްވެފައި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ކޮމްޕްރޮއިމައިޒް ވެފައި އިންނެވީ “ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބައިންދައިގެން” އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީން އަތްޕުޅުގައި އޮތް އިތުބާރު ނެތް ކަމުގެ ލިސްޓުގެ ސަބަބުން ކަމަށެވެ.

ޝިޔާމް ވާހަކަ ނިންމަވާލެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ކޮމްޕްރޮމައިޒް ވެފައި ހުންނަން ޖެހޭ އެއްވެސް މަގާމެއްގައި އެމަނިކުފާން ނީންނަވާނެ ކަމަށާއި އަދި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހަށަހަޅުއްވަން އިސްވެ އުޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިން ރަޝީދު (ބިގޭ) ކަމަށާއި އަދި އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވީ 12 މެމްބަރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ އަގްލަބީއްޔަތު މެމްބަރުން އެމަނިކުފާނަށް އިތުބާރު ކުރައްވައެވެ. އަދި ވިދާޅުވީ މަޖިލީޙުގެ ހުރިހައި ކަމެއްވެސް ދަނީ ރަނގަޅަށްކަން އަގްލަބީއްޔަތު މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައިވެސް ހުންނެވި ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށީ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކުރި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ ދިފާއުގައި ނުކުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: