ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކެސިނޯ އެޅުން މަނަލެއް ނޫން: ރައީސް ނަޝީދު

ކުރީގެ ރައީސް އަދި މިހާރުގެ މިޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކެސިނޯ އެޅުމަކީ މަނާކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އާއި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކެސިނޯ ލައިސަންނސް ދިނުމާއި ގުޅޭގޮތުން ތަކުރާރުކޮށް ގިނަ ސުވާލުތައް އަންނަ ކަމަށާއި ނަމަވެސް ކެސިނޯ ލައިސަންސް ދިނުމަކީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮތީ ވަރަށް ހައި ކްލާސް ޓޫރިޒަމެއް ކަމަށާއި ފައިދާ ނުވާގޮތަށް ސްޕޯޓްސް ޓޫރިޒަމް ހިންގުމުގެ ބަދަލުގައި ކެސިނޯތައް ހިންގުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެކަމަށް ހުއްދަ ނުދެވިގެން އުޅެނީ ކީއްވެގެންތޯ ޖާބިރުވަނީ ވިދާޅުވެފައެވެ.

ޖަވާބުގައި މަހްލޫފް ވިދާޅީ މިހާރުވެސް ރިސޯޓް ތަކުގައި ބަނގުރާ ވިއްކާ ކަމަށާއި، ނަމަވެސް ކެސިނޯގެ ވާހަކަ ދެއްކުމަކީ ހަރާމްކަމެއް ކަމަށް ބުނާ ކަމަށެވެ. އަދި އެ މައްސަލައިގައި މަޝްވަރާ ކުރަންޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޖާބިރު ވަނީ ކެސިނޯ އާއި ކްލަބް ތައް ރާއްޖޭގައި އެޅުމާއި ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: