ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް މަސް ދުވަހުގެ ތެރޭގައި ޕީޕީއެމަށް 10،000 މެމްބަރުންގެ ސޮއި ހޯދައި އީސީއަށް!

ޕީޕީއެމަށް އަލަށް ސޮއި ކުރި މެމްބަރުންގެ ފޯމުތައް އީސީއަށް ހުށަހެޅުން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން، އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް މެމްބަރުން އިތުރު ކުރުމުގެ ޕްރޮގްރާމުގެ ދަށުން އެއް މަސް ތެރޭގައި 10،000 މެމްބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމުތައް ހުށަހަޅައިފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 05 ގައި ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް، އާއްމުކޮށްފައި އުސޫލުތަކުގެ ދަށުން ކޮންމެ ކެނޑިޑޭޓަކު ވެސް ފޯމުތައް ހުށަހަޅާއިރު އަލަށް ޕާޓީއަށް ވަންނަ މީހުންގެ ފޯމުތައް ވެސް ހުށަހަޅަން ޖެހެ އެވެ. މިއާއި އެކު މިދިޔަ ދުވަސްތަކުގެ ތެރޭގައި އިދިކޮޅުގެ ޓީމުތައް އަތޮޅުތެރެއަށް ދަތުރުކޮށް މެމްބަރުން އިތުރުކުރުމަށް ގިނަ މަސައްކަތަތަކެއް ކުރި އެވެ.

ޕީޕީއެމާއި އަލަށް ގުޅުނު 10،000 މެމްބަރުންގެ ފޯމުތައް އީސީއަށް ހުށަހަޅާފައިވާއިރު، އިދިކޮޅުން ބުނީ މި ހަފްތާގެ ތެރޭގައި ކޮމިޝަނުގެ ޖަވާބެއް ލިބޭނެ ކަމަށެވެ. އަދި ހުށަހަޅާފައިވަނީ ސައްހަ ފޯމުތަކެއްކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މި ފޯމުތަކާއި ބެހޭ މައުލޫމާތުތައް ދެއްވަމުން، ޕީޕީއެމްގެ ސެކޭޓްރީ ޖެނެރަލް ހަމްދާން ވިދާޅުވީ މިއަދު ހުށަހެޅި ފޯމުތަކުގެ ތެރޭގައި އެހެން ޕާޓީތަށް ދޫކޮށް މުޅިން އަލަށް އިދިކޮޅާއި ގުޅުނު މެމްބަރުން ހިމެނޭ ކަމަށެވެ. ރައްޔިތުން ތިބީ ސަރުކާރު ދެކެ ހިތްހަމަނުޖެހި ބަދަލަކަށް ބޭނުންވެފައިކަން ފާހަގަކުރައްވައި ހަމްދާން ވިދާޅުވީ މިއަދު އަލަށް ހުށަހެޅި ފޯމުތަކުން ވެސް އެކަން ވަރަށް ސާފުކޮށް ހާމަވާކަމަށެވެ.

އިދިކޮޅަށް އޮތް ތާއީދު އިތުރުވަމުންދާއިރު، ޕާޓީއަށް އަދިވެސް މެމްބަރުން ވެއްދުމުގެ މަސައްކަތްތައް ކުރަމުންދާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަރަކާތްތަކުގެ އެންމެ ބޮޑު އަމާޒަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން އަނބުރާ ވެރިކަމަށް ގެނައުންކަމަށް ހަމްދާން ވަނީ ވިދާޅުވެފަ އެވެ.

އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކުގައި ރާއްޖޭގެ އެތައް ސަރަހައްދަކުން ލިބުނު ފޯމުތައް ހިމެނޭކަމަށް އިދިކޮޅުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: