ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުން: މަހުޖޫބު

އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މަހުޖޫބު ސުޖާއު. ފޮޓޯ/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުންކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މަހުޖޫބު ސުޖާއު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އާ ރަންވޭ އާއި ސީ ޕްލޭން ޓާމިނަލް ހުޅުވުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މަހުޖޫބު ވިދާޅުވީ، މީގެ އިތުރުން އާ ޕަސެންޖަރު ޓާމިނަލްގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މަހުޖޫބު ވިދާޅުވިއެވެ. މި މަސައްކަތް ނިމުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

 އޭޕްރޮން މަސައްކަތް ކުރަމުން ދިޔައީ އޮޕަރޭޝަންސް މެދު ކަނޑާނުލާ. އޭޕްރޮންގެ އެކި ބައިތައް ބަންދުކުރަމުން ނިމެމުން ދިޔަ ބައިތައް ބޭނުން ކުރަމުން. އެގޮތަށް މަސައްކަތް ކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތަކެއް ހިމެނޭ ކަމެއް. އަދި ކޮވިޑްގެ ސަބަބުން ގިނަ ދުވަސްތަކެއް ގެއްލިގެން ދިޔަ. މި ހުރިހާ ކަމަކާ އެކުވެސް ވީއައިއޭ ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް މި ވަނީ ނިމުމަކާއި ކައިރިވެފައި

މަހުޖޫބު ވިދާޅުވީ މިއަދު ހުޅުވި ރަންވޭގެ ސަބަބުން އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ރަންވޭއަކާއި ޓެކްސީވޭއެއް އެކުއެކުގައި ބޭނުންކުރަން ފެށޭނެކަމަށާއި އަދި މީގެ ސަބަބުން އެއާޕޯޓުގެ ތުރޫ ޕުޓް 8 އަކުން 21 ދާނެކަމަށެވެ. މަހުޖޫބު ވިދާޅުވީ ކުރިން ދެ ބޯޓު ދެމެދުގައި 10 މިނުޓުގެ ދުރުމިނެއް ބެހެއްޓިނަމަވެސް، މިހާރު މި ވަގުތު 3 މިނިޓަށް ކުޑަވާނެކަމަށެވެ.

މިހާރު އެންމެ ގިނަވެގެން މިނިޓެއްގެ ތެރޭގައި ރަންވޭ ކްލިއާ ކުރެވިގެންދާނެ، މީގެ ސަބަބުން ބޯޓު ފުރުމާއި ޖެއްސުމުގައި ކުރިން ދިމާވި ޑިލޭތައް މުޅިންހެން ހައްލު ވެގެންދާނެ

އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ނުނިމި ވަނީ ކާގޯގެ މަސައްކަތްތަކާއި، ފިއުލް ފާމުގެ މަސައްކަތްތަކެވެ.

މިއަދު ހުޅުވުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭއަކީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިރަންވޭ މިއަދު ބޭނުން ކުރަން ފެށުމާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގަޑިއިރެއް ތެރޭ ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20ށް ވުރެ މަތިވާނެއެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް 2 މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް ހައްލެއް ލިބިގެންދާނެއެވެ.

އައު ރަންވޭގެ އިތުރުން މިއަދު ހުޅުވުނު ނޫވިލު ސީޕްލޭންޓަރމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓަރމިނަލެވެ. މި ޓަރމިނަލްއިން އެއް ވަގުތެއްގައި، 1000 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. ސީޕްލޭން ޓަރމިނަލް އާއި އައު ރަންވޭ އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓަރަކްޝަން ގްރޫޕާއި ހަވާލުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: