ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

800 އަށް ވުރެ ގިނަ އެއާ ޓްރެފިކް މޫވްމެންޓާއި އެކު އާ ރިކޯޑެއް!

އިންޓަނޭޝަނަލް ބައެއް އެއާލައިންތައް ވީއައިއޭގައި ޕާކުކޮށްފައި/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރ ޓްރެފިކް މޫވްމެންޓުގެ އާ ރިކޯޑެއް ހާސިލު ކުރެވިފައިވާކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ބުނެފިއެވެ.

ވީއައިއޭއިން މައުލޫމާތު ހިއްސާކޮށްފައިވާގޮތުން ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށް އެ ބަނދަރުންވަނީ 856 އުޅަނދެއްގެ އެއަރ ޓްރެފިކް މޫވްމެންޓު ބަލަހައްޓާފައެވެ. އަދި އެއީ ފުރޮޅުލީ 251 އުޅަނދާއި 605 ސީޕްލޭންކަމަށް ފާހަގަކޮށްފައިވެއެވެ.

ވީއައިއޭ އިން ބުނެފައިވާގޮތުން އެ ބަނދަރުގައި އިންޓަރނޭޝަނަލް 102 އުޅަނދަކަށް ހިދުމަތްތައް ފޯރުކޮށްދީފައިވާއިރު، 114 ޑޮމެސްޓިކް އުޅަނދުގެ އިތުރުން ގެނަރަލް އޭވިއޭޝަންގެ 35 މަސައްކަތެއް ކުރެވިފައިވާއިރު 605 ސީޕްލޭންއަށްވެސް ހިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ.

605 ސީޕްލޭނަކަށް ހިދުމަތް ދީފައިވާކަމަށާއި އާ ރިކޯޑެއް ހާސިލުކުރެވިފައިވާކަމަށް ވީއައިއޭއިން މައުލޫމާތު ދީފައިވާއިރު، ދާދި ފަހުން އެ އެއަރޕޯޓުގައި ހުންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ނޫވިލު ސީޕްލޭން ޓާމިނަލްއަށް އިންޖިނިއަރިންގް ނިއުސް ރިކޯޑްގެ “2022 ގްލޯބަލް ބެސްޓް ޕްރޮޖެކްޓު” އެވޯޑު ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: