ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫވިލު ސީޕްލޭން ޓާމިނަލްއަށް 2022 ވަނަ އަހަރުގެ ބެސްޓު ގްލޯބަލް ޕްރޮޖެކްޓު އެވޯޑު ލިބިއްޖެ!

ނޫވިލު ސީޕްލޭން ޓާމިނަލް: ފޮޓޯ/ ވީއައިއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ނޫވިލު ސީޕްލޭން ޓާމިނަލްއަށް އިންޖިނިއަރިންގް ނިއުސް ރިކޯޑްގެ “2022 ގްލޯބަލް ބެސްޓް ޕްރޮޖެކްޓު” އެވޯޑު ލިބިއްޖެއެވެ.

ވީއައޭގެ ނޫސް ބަޔާނެއްގައި ފާހަގަކޮށްފައިވާގޮތުން، ނޫވިލު ސީޕްލޭން ޓާމިނަލްއަށް އެވޯޑު ލިބިފައިވަނީ އެއަރޕޯޓު/ ޕޯޓު ކެޓަގަރީއިންކަމަށެވެ. ވީއައިއޭ ހިންގަމުންދާ އެމްއޭސީއެލް މި އެވޯޑާއި ހަވާލުވެފައިވަނީ 10 އިންޖިނިއަރިންގް ނިއުސް ރިކޯޑު ގްލޯބަލް ޕްރޮޖެކްޓު އެވޯޑު ހަފްލާގައި ވާޗުއަލީ ބައިވެރިވެގެންނެވެ. މި އަހަރު މި އެވޯޑުގައި 18 ކެޓަގަރީވާއިރު 18 ގައުމަކުން 34 މަޝްރޫޢުއެއް ހިމެނުނެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލްއެވެ. އެ ޓާމިނަލްގެ ޑޮކުގައި 55 ސީޕްލޭންގެ ޖާގަ ހުރއެވެ. މިއީ ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ ޓާމިނަލްއެކެވެ. މި ޓާމިނަލް ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: