ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލާނާ އެއާޕޯޓް ތެރެއަށް ކުޅު ޖެހި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުޅުޖަހާ ހަމަނުޖެހުން ހިންގި މީހަކުހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އެއާޕޯޓް ތެެރޭގައި އަޑުގަދަ ކޮށް ތަންތަނަށް ކުޅު ޖަހަމުންދިޔަ އަންހެނެއް ކަމަށެވެ.

އެއީ ޗައިނާ އަންހެނެއް ކަމަށްވެސް ފުލުން ބުނެއެވެ. ރާއްޖެ އިން ބޭރުންއަންނަ ބައެއްފަރާތްތަކުން މިފަދަ ބައެއް އަމަލުތައް މީގެ ކުރިން ވެސް ހިންގާފައިވެއެވެ.

އެގޮތުން ދާދިފަހުން ވަނީ މަގުމަތީގައި ސަލާންޖަހަމުން ދިޔަ އަންހެނަކުވެސް ހައްޔަރު ކޮށް އެމީހާއާއި ގުޅޭ ކަންކަންބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ.

އެއާޕޯޓުތެރޭގައި މިއަދު ހަމަނުޖެހުން ހިންގި މި އަންހެން މީހާއި ގުޅޭގޮތުން މައުލޫމާތު ލިބިފައިވަނީ އެ އަންހެންމީހާ އެގޮތަށް އަޑުގަދަކޮށް އެއާޕޯޓް ގައި އުޅޭތާ ދެތިން ދުވަސްވެފައިވާ ކަމަށެވެ.

ނަމަވެސް އޭނާ އެގޮތަށް އަމަލުކޮށްފައި ވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް ވަނީ ސާފްވާ ގޮތެއްނުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: