ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ފުނޑުފުނޑުކޮށްފި: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ މަސްވެރިން ބިކަކޮށް، ދިވެހި މަސްވެރިކަމުގެ ސިނާއަތު ”ފުނޑާލާފައި“ ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ފެއިލްވެފައިވާކަމަށް ފާހަގަކޮށް، އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ހީނާ ވިދާޅުވީ ރައީސް ސާލިހު ހުންނެވީ މަސްވެރިންނަށް ގިނަ އަދަދެއްގެ ވައުދުތަކެއް ވުމަށްފަހު އެ ވައުދުތައް ނުފުއްދަވައިކަމަށެވެ.

ހީނާ ވިދާޅުވީ، ސަރުކާރުން މަހުގެ ހަމަ އަގު ހޯދައިދިނުމަށް މަސްވެރިންނަށް ވައުދުވިކަމަށްވީ ނަމަވެސް ވެރިކަމަށް އައުމަށް ފަހު ދެ ފަހަރެއްގެ މަތިން މަހުގެ އަގު ދަށްކޮށްފައިވާކަމަށެވެ. އަދި ބޭރުގެ މަސް ދޯނިތަކަށް މަސް ވިއްކޭނެ އުސޫލަކާއި ނިޒާމެއް ކަނޑައެޅުމަށް ވެފައިވާ ވައުދުވެސް ފުއްދާފައިނުވާކަމަށް އެނާ ވިދާޅުވިއެވެ.

މަސް ފެކްޓަރީއެއްގެ ބޭރުގައި ގިނަ އިރުތަކެއް ކިއު ހަދައިގެން ތިބެން ނުޖެހޭނެ ގޮތަކަށް ކަންކަން ބައްޓަންކޮށްދިނުމަށް ރައީސް ސާލިހު ވައުދުވީ ނަމަވެސް، މަސް ކިރައި ފައިސާ ކޮޅު ހޯދުމަށާއި، ތެޔޮ އެޅުމަށް އަދި އައިސް ހޯދުމަށްވެސް މަސްވެރިން ބޮޑު ކިއުއެއްގައި މަޑު ކުރަންޖޭހޭކަމަށް ހީނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި މަސްވެރިން ތިބީ، މަސް ކިރޭނެ ރަނގަޅު މަގެއް ފެނިފައިނުވާތީ ކަންބޮޑުވުމެއްގައިކަމަށް އޭނާ ފާހަގަކުރި އެވެ.

މީގެއިތުރުން ހީނާ ވިދާޅުވީ، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުންދަނީ ކޮން އުސޫލެއްގެ މަތިން ކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.

ހީނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް މަހުގެ ހަމަ އަގަކީ ކިހާވަރެއްކަން ސާފުކަމަށް އެނާ އަށް ގަބޫލު ނުކުރެވޭކަމަށެވެ. އެގޮތުން އިގްތިސާދީ ކޮމިޓީގެ މުގައްރިރު ވިދާޅުވި ގޮތުން މަހުގެ ހަމަ އަގަކީ އެ އިރެއްގައި ބާޒާރުގައި ހުރި އަގެއް ކަމަށް ވުމުން ރައީސް ސާލިހުގެ ސަރުކާރަށް ހަމަ އަގު އިނގޭ ކަމާއި މެދު މަސްވެރިންވެސް ސުވާލު އުފައްދާކަމަށް އެނާ ވިދާޅުވިއެވެ.

ސަރުކާރަށް ހަމަ އަގު އިންގިފައިނުވާކަމަށް ހީނާ ސިފަކުރެއްވުމުން، ”ސަންގުޓީވީ“ އިން ވަނީ އިދިކޮޅު ކޯލިޝަނުން އެ އަގާއި ގުޅޭ ގޮތުން ދިރާސާތަކެއް ކޮށްފައިވޭތޯ އަދި އެ އަގަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.

ސުވާލަށް ޖަވާބު ދެމުން ހީނާ އާއި އެކު ބައިވެރިވެވަޑައިގެންނެވި ޖަލާލް ނަސީމް ވިދާޅުވީ، އެ ޕާޓީ ވެރިކަމަށް އައި އިރު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އޮތީ އަޅާ ނުލެވި ދޫކޮށްލާފައި ކަމަށެވެ. އަދި ސިނާއަތް ކޮޅަށް ނަގަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހުނުކަމަށާއި ގިނަ އަދަދެއްގެ ފައިސާތަކެއްވެސް ހަރަދު ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި މަސްވެރިންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަމަށެވެ. އަދި މަސްވެރިންނަށް މަސް ކިރުނު ކަމަށާއި އައިސް ލިބި، ތެޔޮވެސް ލިބުނު ކަމަށާއި، ބާނާ މަހަށް ފައިސާވެސް ލިބުނުކަމަށެ. އެހެން ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުންވަނީ މަސްވެރިން ނިކަމެތިކޮށްފައިކަމަށް ހީނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: