އިންތިގާލީ އިންސާފުގެ އޮމްބަރޑްސް ޕާސަން އޮފީހުގެ މަސައްކަތުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ 1953 ގެ ޖަނަވަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ކަރާމާތާއި ހައްގުތަކާއި ގުޅުންހުރި މައްސަލަތައް ބެލުމަށް ގާނޫނުން ބާރުލިބިގެން ވުޖޫދުވެފައިވާ އޮފީހެކެވެ. އެތަން އުފެއްދީ 2020 ވަނަ އަހަރުގެ ތެރޭގައި ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމަން ޖެހޭނެއެވެ.
އެ އޮފީސް އުފައްދާފައިވާ މުއްދަތު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އެ އޮފީހަށް ހުށައެޅުނު ގިނަ މައްސަތަށް އަދިވެސް ހުރީ ނުނިމިއެވެ.
އެކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އޮމްބަޑްސް ޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާ ކަމަށާިއ އެކަން ފަހުން އިއުލާން ކުރައްވާނެކަމަށެވެ.

