ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ބުރިޖު އަލުން ހުޅުވާފަ ތިމަންނާގެ ކާފަ ފެށި މަސައްކަތެކޭ ބުނޭ: އަބްދުލް ރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކުރެވޭނެ މަސައްކަތަކީ އެހެނިހެން ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަށް ކްރެޑިޓު ނެންގެވުންކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ސިފަކުރައްވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭ ހުޅުވައިދެއްވި އިރު، އެ ރަންވޭ އަކީ މީގެ އަހަރުތަކެއް ކުރިން ފްލައިޓެއް ޖައްސާ، ރިބަން ފަށް ކަނޑާލާފައިވާ ރަންވޭއެއް ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ސިފަކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް ސާލިހަށް އަމިއްލަ ތަރައްގީތަކެއް ގެނެސްދެވިފައި ނުވާކަމަށް އިޝާރާތްކުރައްވާ، އަބްދުލް ރަހީމް ވަނީ ރައީސް ސާލިހުގެ ސަރުކާރުން އިންތިޒާމު ކޮށްފައިވާ ތިލާމާލެ ބުރިޖުގެ މަޝްރޫޢު އަށް ފާޑުވިދާޅުވެފައެވެ.

ތިލަމާލެ ބުރިޖުގެ ބިންގާ އެޅުއްވީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ ކަމަށް އިޝާރާތްކުރައްވާ، އަބްދުލް ރަހީމް ވަނީ ރައީސް ސާލިހަށް އެ މަޝްރޫޢު ކުރިއަށް ދާ ގޮތްވެސް އިންގިފައިނުވާކަމަށް އިޝާރާތްކުރައްވާފައެވެ.

އަބްދުލް ރަހީމް ވަނީ ރައީސް ސާލިހަށް ތިލަމާލެ ބުރިޖު ހުޅުވޭނެ ދުވަހެއް އިންގިލައްވާތޯ ސުވާލުކުރައްވާފައެވެ. އަދި އެ ދުވަސް އެމަނިކުފާނަށް އިނގިނުލައްވާކަމަށް ފާހަގަކުރައްވާ، އެނާ ވިދާޅުވީ، އެހެންކަމުން ކުރެވިދާނެ ކަމަކީ ރައީސް ޔާމީން އަޅުއްވާފައިވާ ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގައި ރަސްމިއްޔާތެއް ބާއްވާފައި އެތަން އަލުން ހުޅުވުންކަމަށެވެ.

ރައީސް ސާލިހަށް، ތިލަމާލެ ބުރިޖު ހުޅުވޭނެ ދުވަހެއް އިނގެން ނެތް ކަމަށާއި، ކުރެވެން އޮތް ހަމަ އެކަނި ކަމަކީ ރައީސް ޔާމީން އެޅުއްވި ބުރިޖު އަލުން ހުޅުވުމަށް ރަސްމިއްޔާތެއް ބޭވުންކަމަށް ސިފަކުރައްވާ އަބްދުލް ރަހީމް ވަނީ ރައީސް ސާލިހަށް އެ އުސޫލުން ކަންކަން ކުރުން އެކަށީގެންވާކަމަށް ފާހަގަކުރައްވާފައެވެ.

އަބްދުލް ރަހީމް ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ބުރިޖު ހުޅުއްވުމަށްފަހު، އެ ތަނަކީ ރައީސް ސާލިހުގެ ކާފާ ފުޅު ފެއްޓެވި މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވާންވީކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: