ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެެހެން ސިޔާސީ ޕާޓީއަކުން ޕީޕީއެމަށް ހެޔޮ އެދޭނެކަމަށް ގަބޫލެއްނުކުރަން: އަދުރޭ

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެެހެން ސިޔާސީ ޕާޓީއަކުން ޕީޕީއެމަށް ހެޔޮއެދިފާނެކަމަށް ގަބޫލުނުކުރަންކަމަށް، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ޓީމު ރޫޅާލެވޭނެވަރުގެ އިތުރު ބައެއް މުޅި ދިވެހިރާއްޖޭގައިވެސް ނެތް ކަމަށެވެ. އަބްދުލްރަހީމް އެދިލެއްވީ ޕީޕީއެމްގެ ދިފާއުގައި އެހެން ސިޔާސި ޕާޓީތަކުން ވާހަކަނުދެއްކުމަށެވެ.

އަޅުގަނޑުމެންގެ ދިފާއުގަ އެހެން ޓީމުތަކުން އެހެން ޕާޓީތަކުން ވާހަކަދައްކާނެކަމެއް ނެތް، މާ ހެޔޮއެދޭކަމަށް ހަދައިގެން

އެެހެން ސިޔާސީ ޕާޓީއަކުން ޕީޕީއެމަށް ހެޔޮއެދިފާނެކަމަށް ގަބޫލު ކުރަން ދަތިކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، އެވަރުގެ ސިޔާސީ ލީޑަރެއް ރާއްޖޭގައި ނެތް ކަމަށެވެ.

ގައުމާއި ރައްޔިތުންނާއި ދީނުގެ ދިފާއުގައި ނުތެދުވި ބަޔަކު ވަކި ވަކި ފަރުދުންގެ ދިފާއުގައި ނިކުންނާނެ ގޮތަކާއި މެދު އޭނާ ސުވާލުއުފެއްދެވިއެވެ. އަބްދުލްރަހީމް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާއި ޢަދި އާންމު މެންބަރުން ވެސް ގަނެގެން ގެންދެވޭވަރުގެ ސިޔާސީ ލީޑަރެއް ނެތްކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ އެބޭފުޅުންނަކީ ޕީޕީއެމް ދޫކޮށް ދާނެ ބައެއް ނޫންކަމަށާއި އަދި އެބޭފުޅުން ތިބޭނީ ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކަށް ތައްޔުާރަށްކަމަށެވެ. އަބުރު ކަތިލައި އެކި އެކި ތުހުމަތުތައް ވެސް ކުރެވިދާނެކަމަށާއި، ނަމަވެސް ގައުމުގެ ހައްގުގައި އެބޭފުޅުންނަށް އެއީ އެއްވެސް ކަމެއްނޫންކަމަށް ފާހަގަކުރެއްވި އެވެ.

އަބުރު ކަތިލަންވީ، ތުހުމަތުތައްވެސް އަޅުވަންވީ، ދައްކަން ބޭނުން ކޮންމެ ވާހަކައެއް ދައްކަންވީ، އަޅުގަނޑުމެން ހަމަ އިސްތައްޓެކޭވެސް

މީގެ އިތުރުން އަބްދުލްރަހީމްގެ ވާހަކައިގައި އޭނާ ވިދާޅުވީ ގައުމު މިހާރު މިއޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންދެވޭނީ އެންމެ އެއް ރޫހެއްގައި ނިކުމެ، ގައުމީ މަސައްކަތްތަކުގައި ހިޔާލު ތަފާތުނުވެ ރައީސް ޔާމީންއާއިއެކު ތިބެގެން ކަމަށެވެ. ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ދެވަނަ ސިޔާސީ ލީޑަރެއް ނެތްކަމަށާއި، އަދި ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ދައުވާތަކެއް އުފުލާ، ހުކުމްކުރި ނަމަވެސް ޕީޕީއެމްގެ ސަޕޯޓު ނުލިބޭނެކަމަށް އަބްދުރަހީމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: