ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިންހާޖު ހޯދުމަށް ޖުމުލަ 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗު.
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލިގެން ހޯދަމުންދާ މުޙައްމަދު މިންހާޖު، ހޯދުމަށް ކަނޑާއި ވައިގެން މަގުން ބޮޑު ސަރަހައްދެއް ބަލައިފިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާރު ހިއްސާކުރަމުން އެމްއެންޑީއެފް އިން ބުނީ އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ ސ.ހިތަދޫ 28 އަހަރުގެ، މުޙައްމަދު މިންހާޖު ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފިންކަމަށެވެ.

މިންހާޖު ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި ވަނީ ޖުމުލަ 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއްވައެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް “ހަކުރާ” އިން ވަނީ 270 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިކަމަށް ބުނެފައިވެއެވެ.

ދޯނި ބަންޑޫން ޖަހާލިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ލޯންޗު ބަންޑުން ޖަހާލުމާއި ގުޅިގެން ގެއްލިގެން ހޯދަމުންދާ މުޙައްމަދު މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ލޯންޗު ބަންޑުންޖަހާލިކަމުގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ މީގެ ކުރީގައި ބުނެފައެވެ.

މިންހާޖު އާއި ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުންމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: