ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖު ޕްލެޓް ފޯމް ފަރަށް އެރި މައްސަލަ: ދިރާސާ ރިޕޯޓު ފޮނުވައިފި، އިންޑިއާގެ ކުންފުނި ޖޫރިމަނާއެއް ނުކުރޭ!

ތިލަމާލެ ބްރިޖު މަސައްކަތް ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން ފަރަށް ލިބިފައިވާ ގެއްލުމަށް އަދި ޖޫރިމަނާ ނުކުރަންކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ބްރިޖުގެ ސާވޭ އާއި ތަނބު ޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ބޭނުން ކުރި އެ ފްލެޓްފޯމް ފަރަށް އެރީ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި އެ ޕްލެޓްފޯމް ފަރުން ނަގާފައި ވަނީ އެތަކެއް ދުވަހެއް ފާއިތުވެގެންދިޔަ ފަހުންނެވެ.

މީގެ ކުރިން މި މައްސަލައާއި ގުޅިގެން އެފްކޮންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްލެޓްފޯމް ނެގުމުގައި ގިނަ ދުވަސްތަކެއްވެގެން ދިޔައީ އެ ސަރަހައްދުގެ ކަނޑު ގަދަވުމުންކަމަށެވެ. އަދި ދެ ފަހަރެއްގެ މަތީން ޕްލެޓްފޯމު ނެގުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވީ އޭގެ ސަބަބުންކަމަށް ބުންޏެވެ.

ޕްލެޓްފޯމް އެތަނުން ނެގުމަށް ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ. އަދި އެ ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.

ޕްލެޓްފޯމް ފަރަށް އެރުމުން އީޕީއޭ އިން ވަނީ، ފަރަށް ލިބުނު ގެއްލުންތަކުގެ ދިރާސާއެއް އެކުލަވާލާނެކަމަށް ބުނެފައެވެ. މިހާރު މި ދިރާސާ ރިޕޯޓު އިންޑިއާގެ ކުންފުންޏާއި ހިއްސާކޮށްފައިވާކަމަށް މީޑީއާތަކަށް އީޕީއޭއިން މައުލޫމާތުދެމުން ބުނެފައިވަނީ ދިރާސާގެ ރިޕޯޓު އިންޑިއާގެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށާއި އީޕީއޭ އިން ހެދި ސާވޭއާ މެދު އެ ކުންފުނިން ހިތްހަމަނުޖެހޭކަމަށާއި، އެފްކޮންސް އިން އަމިއްލައަށް ސާވޭއެއް ހަދަންބޭނުންވާކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސަންގު ޓީވީގެ ފަރާތުން އީޕީއޭއަށް ގުޅުމުން ބުނީ އަދި މިހާތަނަށް އިންޑިއާގެ ކުންފުނި ޖޫރިމަނާ ކޮށްފައިނުވާކަމަށާއި، ނަމަވެސް އުސޫލުގެ ދަށުން ކަން ކުރެވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: