ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 2 ގައި ސްކޫލެއް އިމާރާތް ކުރުމަށް ސޮއިކޮށްފި

ހުޅުމާލެ ފޭސް 2 ގައި ސްކޫލެއް އެޅުމުގެ މަޝްރޫއުގައި މިނިސްޓަރު އައިޝަތު އަލީ ސޮއިކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެ ފޭސް-2 ގައި 05 ވަނަ އަށް އިމާރާތް ކުރެވޭ ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފިއެވެ.

މަސައްކަތް ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސިންގ ގެ އުސޫލުން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓްއެއްގެ ގޮތުގައި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫ އަކީ  241,596,570.56 (ދުއިސައްތަ ސާޅިސް އެއް މިލިއަން ފަސް ލައްކަ ނުވަދިހަ ހަ ހާސް ފައްސަތޭކަ ހަތްދިހަ ރުފިޔާ ފަންސާސް ހަ ލާރި) ގެ މަޝްރޫއެކެވެ.

އެޑިއުކޭޝަނުން ބުނީ މި މަސައްކަތް 18 މަސް ( 547 ދުވަސް) ގެ ތެރޭގައި ނިންމާ 2024 ވަނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓާރމް ގެ ކިޔެވުން ފެށިގެންދާއިރު އެ އިމާރާތް ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށެވެ.

ހުޅުމާލެ ފޭސް-2 ގައި 05 ވަނަ ސްކޫލް އިމާރާތް ކުރެވިގެން ދާނީ 54 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް، 04 ލިފްޓްއާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއި އެކުގައި ކަމަށާއި މި ސްކޫލަކީ K-10 ސްކޫލެއް ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މި ސްކޫލްގެ މުވައްޒަފުން ޕާކް ކުރުމަށް ޕާކިންގ އޭރިއާއެއް ޑިޒައިންގައި ހިމެނޭއިރު މި އިމާރާތް ނިމުމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުންދާ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މިއަދު ސޮއި ކުރެވުމުނު އެގްރީމެންޓްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ އެވެ، އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު ހައިޝަމް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: