ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެސްއެމްއީ ހަބް” އިން ޖާގާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓްރީއިން އެސްޓީއޯ އެލައިޑު ބިލްޑިންގްގައި ހުޅުވާ "އެސްއެމްއީ ހަބް": ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓްރީއިން އިސްނަގައިގެން އެސްޓީއޯ އެލައިޑު ބިސްޑިންގްގައި “އެސްއެމްއީ ހަބް” ހުޅުވުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފައިވާ ގޮތުން، ބިޒްނެސް ސެންޓަރު މެދުވެރިކޮށް އެލައިޑު ބިލްޑިންގައި ހުޅުވުމަށ ނިންމާފައިވާ “އެސްއެމްއީ ހަބަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް މާކެޓު ފުޅާކޮށްދިނުމަށާއި، ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ގޮތުން އިންތިޒާމު ކުރެވިފައިވާ މަޝްރޫޢުއެކެވެ.

ޗާންދަނީ މަގުގައި ހުންނަ އެސްޓީއޯ އެލައިޑު ބިލްޑިންގައި ބިނާ ކުރުމަށް ނިންމާފައިވާ “އެސްއެމްއީ ހަބް” ގެ ފުރަތަމަ ފަންގި ފިލާ ހާއްސަ ކުރެވިފައިވަނީ ކާބޯ ތަކެތީގެ ފިޔަފާރި ކުރުމަށްޓަކައި ކަމަށް އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފައިވެއެވެ. ފުރަތަމަ ފަންގި ފިލާއިން ޖާގަ ދޫކުރާނީ ކިއޮސްކުތަކެއްގެ ގޮތުގައި ކަމަށާއި މިހާރު ހަބުން ޖާގަ ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތުތައް ހުޅުވާލެވިފައިވާކަމަށްވެސް ހާމަކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފައިވާގޮތުން “އެސްއެމްއީ ހަބް” އިން ޖާގަ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ތަން ބަލާލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އޮކްޓޯބަރު މަހުގެ 16 އަދި 17 ވަނަ ދުވަހުގެ މެންދުރު 14:00 އިން ފެށިގެން ހަވީރު 17:00 އަށެވެ.

ޖާގަ ހޯދުމަށް ފޯރމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށް ވާއިރު، ފޯރުމުތައް ލިބެން ހުންނާނީ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނާއި އެކު ކަމަށާއި، އީމެއިލް މެދުވެރިކޮށާއި، ބިޒްނަސް ސެންޓަރުގެ އޮފީހަށް ހާޒިރުވެގެން ފޯރމު ހުށައެޅޭނެކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: