ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތަންތަން ހިއްކައި ކޮތަރުކޮށިތައް ބިނާކުރުން: ސައުދު

ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން:_ ފޮޓޯ- މަޖްލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ކްރައިސިސް އަކީ ލާމަރުކަޒީ ނިޒާމަށް އިސްކަން ނުދީ ވަކި ސަރަހައްދަކަށް ފޭސް2 ފޭސް 3 ފޭސް 5 ކިޔާފައި ތަންތަން ހިއްކާފައި ކޮތަރުކޮށި ތަކެއް ބިނާކުރުން ކަމަށް  ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު  ހުސެއިން ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމަށް ގެނެވޭ އިސްލާހަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ނަށް މިއަދު ވަނީ މާލެ އަންނަން މަޖުބޫރު ކުރުވާ ކަމަށް ސައުދު ވިދާޅުވިއެވެ. އެެހެންކަމުން އެވަރުގެ ބޮޑު ކްރައިސިސް އެއް މިގައުމަށް ގެނެސްފައި ލާމަރުކަޒީ ނިޒާމް ގެނައީ އިދިކޮޅުން ކަމަށް ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ސައުދު ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ގުޅިގެން ބޭކާރު އެތައް ވާހަކަތަކެއް އިދިކޮޅުން ދައްކާފައިވާ ކަމަށެވެ.

މިއަދު ދިވެހި ރައްޔިތުން ލާމަރުކަޒީ ނިޒާމްތެރޭގައި ހުރި ކަންކަމަށް އިދިކޮޅުން ފާޑު ކިޔުމުން ބަލައި ނުގަންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އިދިކޮޅުން އަދިވެސް ބޭނުންވަނީ ލާމަރުކަޒީ ނިޒާމް އޮބަހައްޓައިގެން ބޭއްވުމަށް ކަމަށެވެ.

ސައުދު ވިދާޅުވީ އަންހެނުން ކޮމިޓީގެ އިންތިހާބު ތަކަށް ގެންނަ ހައްލާއި އެކު ދައުލަތުގެ އާމްދަނީ އާއި ދައުލަތުގެ ހަަރަދާއި އިދާރީ ހިންގުމުގެ ނިޒާމާއި ރަށްރަށުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: