ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ ބަލާނަން: އަލީ ނިޔާޒް

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްއިން ގަސް ވިއްކާ މައްސަލަ ބަލާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެގަނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ މިހާރު މާލެ ސިޓީ ކައުންސިލުން ވިޔަފާރި ކުރަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްއިން ވަނީ އެ ކައުންސިލްއިން ހިންގަން ނިންމާފައިވާ ”އެއް ލައްކަ ގަސް“ ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓައި ހައްދައި ގަސް ވިއްކަން މާލޭގެ ކާނިވާ ސަރަަހައްދުގައި ފިހާރައެއް ހުޅުވާފައެވެ.

ގަސް ވިއްކުމުގެ ވިޔަފާރިއަށް ވަނުމުން  އެކަމަށް ފާޑު ވިދާޅުވެ އަލީ ނިޔާޒް ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް ވިޔަފާރި ކުރަން ވާނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީކޮށް އެ ކުންފުނީގެ ހުއްދަ ލިބިގެން ކަމަށެވެ.

އަލީ ނިޔާޒް  ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަސް ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދީފައި ވަނީ ސައި ހޮޓާތައް ހިންގުމާއި ކުދި އާންމު ވިޔަފާރިތަކަށް ވަދެވޭ ގޮތަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްއިން ވިޔާފަރިކުރަން ރަޖިސްޓްރާ އޮފް ކޮމްޕެނީސްއިން ހުއްދަ ދީފައި ނުވާ އިރު އެ ވިޔަފާރި ކުރަނީ ކޮން އުސޫލަކުން ކަމެއް ނޭނގޭ ކަމަށެވެ. އަދި އެކަން ހިނގާ ގޮތް ބަލާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްއިން ގަސް ވިއްކާތީ އަމާޒުވި ފާޑު ކިއުންތަކަށް ރައްދު ދެއްވައި މިިދިޔަ އާދިއްތަ ދުވަހު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްއިން ގަސް ވިއްކި ނަމަވެސް އެފަދަ އެހެން ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

އަލީ ނިޔާޒްގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް ވަނީ މަޖިލީހުގައި މޭޔަރު ޑރ މުހައްމަދު މުއިއްޒު ގަސްވިއްކުމުގެ ވިޔަފާރި ފަށާފައިވާ ކަމަށް ތުހުމަތު ތަކެއް ކުރައްވާފައެވެ.

އިބްރާޙިމް ރަޝީދު ވިދާޅުވީ މުއިއްޒު ގަސް ވިއްކުމުގެ ވިޔަފާރި ތެރެއަށް ވަދެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: