ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވާތު ކުރުން ބޮޑު ކުށަކަށް ހަދަން ގާސިމް ހުށަހެޅުއްވި ބިލް މަޖިލީހުން ބޭރު ކޮށްލައިފި

ރައީސް ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް /ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިވާތާއި ސިޙާޤުގެ ކުށުގެ ތުހުމަތު ކުރެވޭ މީހުންނަކީ މުޖުތަމައު އަށް ނުރައްކާތެރި ބައެއް ކަމަށް ކަމަށް ކަނޑައަޅައި އެ އަމަލުތައް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި ބިލް ބަލައި ނުގަނެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ލިވާތު ކުރުމާއި ދީނަށް ފުރައްސާރަ ކުރުން ބޮޑު ކުށަކަށް ހަދަން ގާސިމް ހުށަހެޅުއްވި ބިލް ބަލައިގަނެ ދިރާސާ ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. ނުފެންނަ ކަމަށް 22 މެމްބަރަކު ވޯޓު ދެއްވިއެވެ. އެހެން ކަމުން ގާސިމް ހުށހެޅުއްވި އެ ބިލް ކޮމެޓީއަށް ނުގޮސް މަޖިލީހުގެ ތަޅުމުން ވަނީ ބޭރު ކޮށްލާފައެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތާއި ސިޙާޤުގެ އަމަލު ހިންގުމުގެ ކުށް ހިމެނުމަށް ގާސިމް ހުށަހެޅުއްވި ބިލުގައި އެ ކުށް ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ އެއީ އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީ ކުރައްވާފައިވާ ހުތުރު ފާހިޝް އަމަލަކަށްވާތީ ކަމަށެވެ.

ގާސިމް ވިދާޅުވެފައިވާ ގޮތުގައި އެއް ޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ދެކި އެފަދަ އަމަލުކުރާ ފަރާތްތައް ތަހްގީގު މަރުހަލާއަށްފަހު ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ ޝަރީއަތުގެ މަރުހަލާގެ ކުރިންވެސް އެ އަމަލުތައް އެމީހުންގެ ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައިވާ ގޮތުން އެއްޖިންސުން ގުޅުން ހިންގުން ހިމަނޭ، ހުއްދަ ނޫން ޖިންސީ އަމަލު ހިންގުމުގެ ތެރޭގައެވެ. އެ އަމަލު ހިންގީ މީހަކާ އިނދެގެން ހުރި މީހަކު ކަމަށްވާނަ އެމީހެއްގެ އަދަބެއް ކަމަށް ގާނޫނު އުގޫބާތުގައި ކަނޑައަޅާފައިވަނީ ދެ އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: