ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުނުކުރެވޭ ގޮތް ހެދުމަށް ގާސިމް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މަޖިލީހުގައި،
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރު ނުކުރެވޭ ގޮތް  ހެދުމަށް ގާނޫނުއަސާސީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހުށަހެޅުއްވި އިސްލާހު މަޖިލީޙުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބަލައި ގަތުމާއި މެދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބިލް ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުންނެވެ. ބިލް ބަލައި ނުގަންނަން 25 މެމްބަރުން ވޯޓު ދެއްވިއެވެ. އެހެހް ކަމުން މަޖިލީހުގެ މެމްބަރުންގެ އަދަދު އިޔުތު ނުކުރެވޭ ގޮތް ހެދުމަށް ގާސިމް ހުށަހެޅުއްވި ބިލް ކޮމެޓީއަށް ވެސް ނުގޮސް ވަނީ މަޖިލީޙުން ބޭރުވެފައެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) ގައި މިހާރު ބަޔާންކޮށްފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެމްބަރަކު ކަނޑައަޅަންވާނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާނަމަ އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް މެމްބަރެއް ހޮވަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެން މައްޗަށް ދާނަމަ ނުވަތަ އެއަދަދު ހުއްޓުމެއްނެތި އިތުރުވަމުންދާނަމަ އެއީ ރާއްޖެފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ވަރަށް ވުރެން މާގިނަ އަދަދެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާނޫނު އަސާސީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު އިސްލާހުކުރެވުނު ފަހުން މިހާތަނަށް ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވުނު 17 ވަނަ މަޖިލީހަށް 77 މެމްބަރުން އިންތިހާބު ކުރި އިރު 2914 ވަނަ އަހަރު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހަށް 87 މެމްބަރުން ވަނީ އިންތިހާބު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: