ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭގެ ވަގުތެއްގައި ރައީސް ނަޝީދު ވޮޝިންގްޓަނަށް ވަޑައިގަންނަވަނީ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭގެ ވަގުތެއްގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޮޝިންގްޓަނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔުތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު، މަޖިލީހުގެ ޔައުމިއްޔާތއް ފާސްކުރައްވާ، ނަޝީދު ވިދާޅުވީ، މެންބަރުންގެ ސަމާލުކަމަށް ވާހަކައެއް ދަންނަވާލަން އޮތްކަމަށެވެ. އެއަށްފަހު އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް މިރޭ ވޮޝިންގްޓަނަށް ވަޑައިގަންނަން ޖެހިވަޑާއިގެންފިކަމަށެވެ.

“އަޅުގަނޑު މިރޭ އެބަޖެހޭ ވޮޝިޮންގްޓަނަށް ދަތުރެއް ކުރައްވަން. “ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ދަތުރުފުޅަކީ، ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި ކުރާ ދަތުރުފުޅެކެވެ.

“މި ދަތުރުފުޅަކީ ވޯލްޑްބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރާ ދަތުރެއް. “ނަޝީދު ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް ގެ ފަރާތުން އެފޯރަމްގެ 20 ފިނޭންސް މިނިސްޓަރުންނާއެކު ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: