ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބުކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަައްޔަން ކުރައްވާފައިވާ ހއ އިހަވަންދޫ އާޒާދީބަހާރު އަލްފާޟިލް މުހައްމަދު ފިރާޒަށް ރުހުން ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވާފައިވާ ސިޓީފުޅުގައިވަނީ، ދައުލަތުގެ ވިޔަފާރިތަންތަން ޕަރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމުމާއި އަދި މޮނިޓާ ކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ދަށުން އެބޯޑުގެ ނައިބު ރައީސްގެ މަޤާމަށް އަލްފާޟިލް މުހައްމަދު ފިރާޒް އައްޔަންކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އެ ސިޓީއާއެކު އެ މަޤާމަށް އައްޔަންކޮށްފައިވާ ބޭފުޅާގެ ވަނަވަރާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މުހައްމަދު ފިރާޒްގެ ނަން މަޖިލީހަށް ހުށަހަޅާދެއްވާ، މަޖިލީހުގެ ރުހުން ހޯދައިދިނުމަށްވެސް ރައީސުލް ޖުމްހޫރިއްޔާވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެ ސިޓީގައި އެދިލައްވާފައެވެ.
ހަމައެއާއެކު، މި މައްސަލަ ދިރާސާކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްވަނީ، ސްޓޭޓްއޯންޑް އެންޓަޕަރައިސް ކޮމިޓީއަށް ފޮނުވާފައެވެ.

