ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަކީ ޑްރަގްގެ އައްޑާއެއް ކަމަށް ބުނުމުން, ނަޝީދުގެ ނުރުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި ޑްރަގް ބޭނުންކުރާ ކަމަށާއި މަޖިލީހަކީ ޑްރަގްގެ އައްޑާއެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

” މި އިއްޒަތްތެރި މަޖިލީހަކީ ޑްރަގްގެ އައްޑައަކަށް ވެގެން  ނުވާނެ. މަޖިލީހުގެ ގޯތިތެރޭގައި ފާޅުގައި ޑްރަގް ބޮއެގެން މަސްތުގެ ހާލަތުގައި މިތަނަށް މީހުން އައިސް މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު މިތަނުގައި ދެވިގެން ނުވާނެ. ޝަރީފް

ޝަރީފު ޑްރަގްގެ ތުހުމަތު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަށް އަމާޒުކުރައްވައެވެ.  ޖާބިރު އާއި ޝަރީފްގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާ ތަކެއް މީގެ ކުރިން ވަނީ މަޖިލީހުގައި ބަދަލު ކުރެވިގެން ގޮސްފައެވެ. އެގޮތުން ޖާބިރު ވަނީ ޝަރީފް ވަނީ 800 މިލިއަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެވާހަކަ ތަަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވެފައިވަނީ ޖާބިރަކީ މުޅި ދައުލަތަށް ދަރާފައިވާ މީހެއް ކަމަށާއި ސަރުކާރާ ދެކޮޅަށް ޖާބިރު ދައުވާ ކުރަމުން ގެންދަނީ އެކި ކަހަލަ ބަދަލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޖާބިރު ވަނީ އިއްޔެގެ މަޖިލީހުގައި ޝަރީފު ރާބޯ ކަމަށް ބުނެފައެވެ.

ބެލެވޭ ގޮތުގައި ޝަރީފް މަޖިލީހުގައި ޑްރަގް ބޯމީހުން ތިބި ކަމަށް ބުނެފައިވަނީ ޖާބިރު އަށް އަމާޒުކޮށެވެ.

ޝަރީފުގެ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޮގުކުރައްވައި ވިދާޅުވެފައިވަނީ ޝަރީފްގެ ވާހަކަ ތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށެވެ.

“މިތަނުގައި ޑްރަގެއް ނުގެންގުޅޭ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް. ރައީސް ނަޝީދު

ޝަރީފުގެ ވާހަކަ މެދު ކަނޑާލައްވައި ރައީސް ނަޝީދު ވަނީ ޝަރީފް ދައްކަވަނީ ދޮގު ވާހަކަ ތަކެއްކަން ފާހަގަކުރައްވާފައެވެ.

ޝަރީފް ގޮވާލެއްވީ މަޖިލީހުގައި ބްރީތު އެނަލައިޒާއެއް ބެހެއްޓުމަށެވެ. ސަބަބަކީ މަސްތުވެގެން އަންނަ މެމްބަރުން ދެނެގަތުމަށެވެ.

ޝަރީފުގެ ވާހަކަތަކަށް ރައްދުދެއްވައި ޖާބިރު ވިދާޅުވީ މަޖިލީހުގައި ބަހައްޓަންވީ ވަގުން ދެނެގަންނާނެ މެޝިނެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: