ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރު ފެއްޓެވި އިރު، 220 މިލަން ޑޮލަރުގެ ބެލެންސެއްގައި ހުރި ކަމަށް ބުނާ ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑުގައި މިވަގު ހުރީ 65 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކުވެސް އާންމުކުރާ “ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް” އިން ދައްކާގޮތުން ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑުގެ މި ވަގުތު ހުންނަން ޖެހޭ އަދަދަކީ 325،310،865 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެކެވެ. އެހެން ނަމަވެސް މި ވަގުތު ބެލެންސުގެ ގޮތުގައި ރައްކާ ކުރެވިފައިވަނީ އެ އަދަދުގެ 20.1 އިންސައްތައާއި ގާތް ކުރާ އަދަދެކެވެ.
ދިވެހިރާއްޖޭގެ ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑާއިމެދު ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީއިން ބުނެފައިވާގޮތުން، އެ ފައިސާގެ ބޮޑު ބައެއް ހުރީ “ސެކިއުރިޓީޒް” ގޮތުގައި އިންވެސްޓު ކުރެވިފައެވެ. އަދި އެކަން ކުރެވިފައިވަނީ ފަންޑަށް ފައިސާ އިތުރު ކުރުމުގެ މަގުސަދުގައިކަމަށް ބުނެފައިވެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެފައިވާގޮތުން ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ރައީސް ޔާމީންގެ ވެރިކަމުގައި ގާއިމު ކުރެވިފައިވާ ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑުގައި 220 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެއް ހުރިއެވެ. އަދި މި އަދަދަކީ ކޮންމެ 3 އަހަރަކުން އިތުރުވާ އަދަދެއް ކަމަށްވުމުން، 2026 ވަނަ އަހަރާއި ޖެހޭ އިރު، އެ ފަންޑުގައި 800 މިލިއަން ޑޮލަރާއި ގާތް ކުރާ އަދަދެއް ހުންނާނެކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.
One Response
މިފަސް އަހަރު ނިމޭއިރު އެއްކޮށ ތިފަންޑު ދަވާލާނެކަން ޔަގީން ގައުމު ބަނޑައްނުޖެހިއެއް ނެއް ރައްޔިތުން ވިސްނަން ނުވޭތޯ
މިދާ ގޮތުން ބަނޑައް ނުޖެހި އެއް ނުދާނެ