ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމް ކުރުން ލަސްކުރި މެޖިސްޓްރޭޓެއްގެ މައްސަލައެއް ޖޭއެސްސީން ބަލަނީ!

ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުދީން އަހުމަދުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޖޭއެސްސީން ބުނެފައި ވަނީ ރަފީއުދިންއާއި ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލަ ބަލަން ޖެހޭ ކަމަށް ނިންމައި އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކޮމެޓީއަށް ނަގާ އެ ކޮމެޓީއަށް މިހާރު މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

ހިތަދޫ މެޖިސްޓްރޭޓްއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ކޮޓަށް ހުށަހެޅި ޖިނާއީ މައްސަލައެއްގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ހުކުމް ކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޖޭއެސްސީން މައުލޫމާތު ދިން ގޮތުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައެއް ނުވެއެވެ. އެހެން ކަމުން މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް 2022 އޮކްޓޫބަރު 05 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާގައި މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް ނަގާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: