ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންސްޓްރަކްޝަން ދާއިރާގެ ލޭބާރ މެނޭޖްމެންޓު ދިގު ރާސްތާ ވިސްނުމެއްގެ މަތިން ބައްޓަންކުރުން މުހިންމު: ޖަނާހް

ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ޖަމިއްޔާ(މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ލޭބާރ މެނޭޖް ކުރުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައި، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއިމެދު ވާހަކަދައްކަވަމުން ޖަނާހް ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާގެ ލޭބާރ މެނޭޖްމެންޓު ދިގުރާސްތާ ވިސްނުމެއްގެ މަތިން ގެންގުޅުމަކީ ދާއިރާގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށެވެ.

ޖަނާހް ވިދާޅުވީ، ގައުމެއް ތަރައްގީވަމުން އަންނަ ނިސްބަތް ވަކި އަދަދަކަށްވުރެ މަތީގައި ބަހައްޓާނަމަ، ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްތަކުގައި ޝާމިލުވާނެ ފަރާތްތައް ވަކި އަދަދަކަށް ބޭނުންވާނެކަމަށެވެ. އެގޮތުން ޓެކްނިކަލް ލެވެލް، ޕްރޮފެޝަނަލް ލެވެލް، އަދި ހައިލީ ސްކިލްޑް މަސައްކަތްތެރިނާއި އަންސްކިލްޑް މަސައްކަތްތެރިންވެސް ބޭނުންވާކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

އެނާ ވިދާޅުވީ ދިވެހިރާއްޖޭގައި ހާލަތާއި ގުޅުވައި އެ ވަގުތަށް ބޭނުންވާ މީހުން އެތެރެ ކުރާކަމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި ލޭބަރ މެނޭޖު ކުރެވޭނީ ކުރިއަށް އޮތް ދިހަ އަހަރުގެ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް އޮތް ގޮތް ރާވައި އިންތިޒާމުކޮށް، އެކަންކަމަށް ބޭނުންވާ މީހުންގެ އަދަދުވެސް ކަނޑައެޅިގެންކަމަށެވެ. އަދި އެފަދަ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަކީ މިވަގުތު ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ދެކޭކަމަށް ޖަނާހް ވިދާޅުވިއެވެ.

ޖަނާހް ވިދާޅުވީ، ކޮންސްޓްރަކްޝަންއަށް ބޭނުންވާ އާލާތްތައް ހޯދުމުގެ ކަންކަންވެސް ހަރުދަނާ ގޮތެއްގެ މަތިން ބައްޓަން ކުރުން މުހިންމުކަމަށެވެ. އެގޮތުން އެފަދަ ގުޅުމެއް ގާއިމު ކުރެވޭނީ ކޮން ގައުމުތަކަކާއި ދެމެދުކަން ކުރީބައިގައި އެނގިފައި އޮތުން މުހިންމުކަމަށް އެނާ ފާހަޖަކުރެއްވި އެވެ.

ޖަނާހް ވިދާޅުވީ، މިހާރު ހިލަ އަދި ހިލަވެލި ފަދަ ތަކެތި ލިބެނީ އަވައްޓެރި އިންޑިއާއިން ފަހިކޮށްދީފައިވާ ލުއި ގޮތްތަކެއްގެ މަތިންކަމަށެވެ. އެހެން ނަމަވެސް ދިމާވާ ކަމެއްގެ ސަބަބުން އެތަކެތި ލިބުން ހުއްޓިއްޖެ ހާލަތެއްގައި ތަކެތި ހޯދޭނެ އިތުރު މަގުތަކެއް އޮތުން މުހިންމުކަމަށް ޖަނާހް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ތެރެއިން ތަމްރީނު ކުރުމަކީ މުހިންމު ކަމެއް ކަމަށް އިޝާރާތްކުރައްވާ ޖަނާހް ވިދާޅުވީ، މުޅި ދާއިރާއަށް ބޭނުންވާ އަދަދަށް ދިވެހިން މަސައްކަތްތެރިން ނުލިބޭނެކަމަށް އެނާ ގަބޫލު ކުރައްވާކަމަށެވެ. އެހެން ނަމަވެސް ދާއިރާގެ މެނޭޖުމަންޓު އަދި ޓެކްނިކަލް ކޮންޓްރޯލް އޮންނަންވާނީ ދިވެހިންގެ އަތުގައިކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެކަން ކުރުމަށްޓަކައި ކުރިއަށް އޮތް ދިހަ ނުވަތަ ވިހި އަހަރަށް ބަހާލައިގެން ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން މުހިންމުކަމަށެވެ. އަދި އެފަދަ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖަނާހް ވިދާޅުވިއެވެ.

މީގެއިތުރުން ޖާނާހް ވިދާޅުވީ، ދިވެހިންގެ ކޮންސްޓްރަކްޝަން ދާއިރާ ދިވެހިންގެ އަތުގައި ބޭއްވުމަށް އެންމެހާ ފަރާތްތަކުން މަސައްކަތްކުރަމަށް އިލްތިމާޒް ކުރައްވާކަމަށެވެ. އަދި ތަކެތީގެ އަގުތައް އަރައިގެންދިއުމާއި، ކުރާ މަސައްކަތްތަކަށް ފައިސާ ލިބުން ލަސްވުމުގެ އިތުރުން މަސައްކަތްތެރިން ހޯދުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، ދާއިރާ އޮތީ ނާޒުކު ހާލަތެއްގައިކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެކަން ކަން ހައްލުކުރުމަށްޓަކައި މަސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: