ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމުނު ކުއާޓަރުގައި އިމާރާތްކުރުން ނޫން އެހެން ދާއިރާތައް ވަނީ ކުރިއަރާފައި

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ވިޔަފާރުތައް ކުރިއަރާފައިވާކަަމށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ގިނަ ވިޔަފާރިތަކެއް ކުރިއަރާދާނެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ވިޔަފާރިތައް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިއަރާދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް، މުމައްދަތުގައިވެސް އިމާރާތްކުރުމުގެ ދާއިރާއާއި ކޮމިޔުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުންތަކެއް އަންނާނެކަމަށް ގަބޫލުނުކުރެވޭކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކުއާޓާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ޓޯޓަލް ރެވެނިޔުވެސް އަދި ރިޒޯޓް ބުކިންވެސް ނިމުނު އަހަރުގެ ފަހު ކުއާޓަރުގައި އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. ފަތުރުވެރިކމަުގެ ދާއިރާގެ ޓޯޓަލް ރެވެނިޔު 76 އިންސައްތައިން އިތުރުވެފައިވާއިރު ރިޒޯޓް ބުކިންވެސް 58 އިންސައްތައިން ވަނީ އިތުރުވެފައެވެ.

އިމާރާތްކުރުމުގެ ދާއިރާ ހުސްވި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދަށަށް ގޮސްފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ 22 އިންސައްތަ ވިޔަފާރިއަކުން ވަނީ އިމާރާތްކުރުމުގެ ހަރަކާތްތައް އިތުރުވެފައިވާކަމަށް ރިޕޯޓްކޮށްފައެވެ. އަދި 28 އިންސައްތަ ވިޔަފާރިއަކުން އިމާރާތްކުރުމުގެ ހަރަކާތްތައް ދަށްވެފައިވާކަމަށް އަދި 50 އިންސައްތަ ވިޔަފާރިއަކުން ވަނީ އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ރިޕޯޓްކޮށްފައެވެ.

2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ބިޒްނަސް ސާރވޭ ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު 23އިން ޖެނުއަރީ 13އަށެވެ. ބޮޑެތި ވިޔަފާރިތަކުގެ 180 ވިޔަފާރިއަކަށް ސާރވޭގައި ބައިވެރިވުމަށް ހުށައެޅިއިރު މިކަމަށް އިޖާބަ ދީފައިވަނީ 123 ވިޔަފާރިއަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: