ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ކުށްތަކަށް އަދަބު ނުދެވެނީ ސަރުކާރުން އެކަންކަން ކުރުވާތީ: ރައީސް ޔާމީން

ރައީސް ޔާމީން ހއ ކެލާގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ބޮޑެތި ކުށްތަކަށް ކުރާ ފަރާތްތަކަށް އަދަބު ނުދެވެނީ ސަރުކާރުގެ ”މަންހަޖެއްގެ“ ތެރޭގައި ހިމަނައިގެން އެކަން ކުރަމުންދާތީ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ހއ. ކެލާއަށް ކުރެއްވި ދަތުރުގައި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ފާހަގަކުރެއްވީ، އެހެން ޕާޓީތަކުން އެ ޕާޓީތަކަކީ ދީން ހިމާޔަތް ކުރުމަށް އަދި ރިވެތި އުސޫލުތައް ދެމެހެއްޓުމަށް އެކުލަަވިފައިވާ ޕާޓީތަކެއް ކަމަށް ބުނަމުންދާކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީތަކުގެ މެމްބަރުން ފާހިޝް ކަންކަން ކުރާ މީހުންނާއި އެކު ”އެއްދާން“ ކުރަނީ ރިވެތި އުސޫލުތައް ދަމަހައްޓާތީކީ ނޫންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ގޯސް ހަދާ ކުށްތަކަށް އަރައިގަންނަ މީހުންނަށް އަދަބު ނުދެވި ވީއްލިގެންދަނީ ސަރުކާރުން އެފަދަ އަމަލުތައް ހިންގުވަމުންދާތީކަމަށެވެ.

ރައީސް ޔާމީންވަނީ ފުލުހުންގެ މުއައްސަސާ އަދި އެމްއެންޑީއެފްއަށް ވެސް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، ފުލުހުން އަދި އެމްއެންޑީއެފްވެސް ”މާޗޯ“ ވާން ބޭނުންވާ ނަމަ ކުރަން މުހިންމު ކަންކަން ހުރި ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ ދީނާއި ހިލާފު އަމަލުތައް ހިންގަމުންދާކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ލާދީނީ ބަޔަކު ތިބި ނަމަ، ދިވެހިރާއްޖެ މުސްލިމުންނަށް ބޭއްވުމަށް ފަހު ގައުމުން ފައިބައިގެންދާންވީކަމަށެވެ. އަދި ދިވެހި ސަގާފަތުގައި ހިފަހައްޓައި ދީންވެރިކަމަށް ލޯބި ކުރާ މީހުންނަކީ ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނެގޭ ވޯޓަކީ، ރާއްޖެ އަކީ ރާއްޖެ ގޮތުގައި އޮންނާނެތޯ ބެލުމަށް ނެގިގެންދާނެ ފަހު ވޯޓުކަމަށެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެ ތެދެއް. ރައީސް ޔާމީނަށް އަދަބުނުދެވިގެން އުޅެނީވެސް ހަމަ އެހެންވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: