ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށައެޅުއްވި މި ބިލު ދިރާސާކޮށްފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންކަމުގައިވާއިރު، ކޮމިޓީން ވަނީ ބައެއް އިސްލާހުތައް މި ބިލަށް ގެނެސްފައެވެ.

އޭގެ ތެރޭގައި:

  1. އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ހިދުމަތްތަކާ ގުޅޭ ގޮތުން ބިލުކުރުމުގައި އަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާ އެކު އޮތޯރިޓީން އެކުލަވާލުން
  2. އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަންވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށްވުން
  3. ހިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތް ނޫން ފަރާތެއް ކަމުގައިވާނަމަ އެ ހިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި އެ ހިދުމަތެއް ހިދުމަތް ފޯރުކޮށްދޭ ފަރާތުގައި ރަޖިސްޓްރީ ކުރެވުން

މީގެ އިތުރުން އެކަން ކުރުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރާ ގަވާއިދެއް އޮތޯރިޓީން އެކުލަވާލަން ވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. އަދިއޭގެ ސަބަބެއް ކަމަށް ކޮމިޓީން ބުނީ، ހާއްސަކޮށް މާލޭގައި ގިނަ މީހުން ދިރިއުޅެނީ ކުއްޔަށް ކަމަށްވާއިރު، ތަން ދޫކޮށް ދާއިރު ބިލު ނުދެއްކުމާއި ކުއްޔަށް އުޅޭ ފަރާތުގެ ނަމުގައި މީޓަރު ނުހުންނާތީ ސަބްސިޑީ ހޯދުން ފަދަ ކަންކަމަށް ވެސް ދަތިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުއްވީ ފެނާއި ކަރަންޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށްކަމަށް ބުނެއެވެ. ކޮމިޓީން ގެނައި ބަދަލުތަކާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި އިސްލާހު ގެނައުމުގެ މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: