ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނެޑޯލް ވިއްކައިފި!

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

1443 ވަނަ އަހަރުގެ ހައްޖުގައި ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީ އާއި ޕެނަޑޯލް ވިއްކާފައިވާ ކަމަށް  އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު އިސްލާމިކް މިނިސްޓަރު ޑރ އަލީ ޒާހިރު އާއި ކުރެއްވި ސުވާލުގައި 1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ ހާޖީންނަށް ކޮފީ ވިއްކި ކަމާއި ހާޖީންނަށް ޕެނަޑޯލް ގުޅައެއް ދެ ރިޔާލަށް ވިއްކި ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީ އަށް ހުށައެޅި ހައްލުކޮށް ނުދެވިފައިވާތީ އެކަން ހައްލުކުރުމަށް އިސްލާމިކް މިނިސްޓަރު މަސައްކަތް ކުރެއްވި ނަމަ އެކަމުގެ ތަފްސީލަށް އެދިފައިވެއެވެ.

މެމްބަރު އިބްރާޙިމް ރަޝީދުގެ ޖަވާބުގައި ޑރ އަހުމަދު ޒާހިރު ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1443 ވަނަ އަހަރުގެ ހައްޖުގައި ކޮފީ ވިއްކާ ކަމުގެ ޝަކުވާ ބައެއް ހައްޖުވެރިންގެ ފަރާތުން އެއީ ކިހިނެތް ހިނގާ ކަމެއްތޯ ބެލިއިރު މުޅި ހާޖީންނަށް މުޅި ހައްޖު ދަތުރުގައި ހާޖީންނަށް ދެވޭ ތިންއިރު ކެއުމާއި ހަވީރު ސައިގެ އިތުރުން އެހެނިހެން ވަގުތު ތަކުގައި އިތުރު ހިދުމަތެއްގެ ގޮތުގައި ލޮބީގައި ކޮފީ ސޮޕެއް ހުޅުވައި ކޮފީ ގަންނަން ބޭނުންވި ފަރާތްތަކަށް އެހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޮފީ ޝޮޕްގައި ކޮފީ ވިއްކާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: