ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު “ދަރަނި ބޯ”: މަލީހު

ރައީސް ސޯލިހާއި، މަލީހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ، ދުނިޔެ މަތީގައި ހުންނެވި އެންމެ ބޮޑު “ދަރަނި ބޯ” ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައް އިތުރުވެ، މާލިއްޔާތައް ގެއްލުންތަކެއްވެ، އެ ހާލަތުން އަރައިގަތުމަށް ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން، އާންމުން އަތުން ނަގާ ޓެކްސް ފައިސާގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި، މަލީހުވަނީ ރައީސް ސާލިހު އަދި އެމަނިކުފާނުގެ ސަރުކާރުން އިންތިހާއަށް ޓެކްސް ފައިސާއިން އިސްރާފު ކުރާކަމަށް ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ، ރައީސް ސާލިހު ހުންނެވި، ދިވެހިރާއްޖޭގެ ރިޔާސީ ގަނޑުވަރު އެމަނިކުފާނުގެ “ފްރެންޑަށް” ދެއްވައިގެންކަމަށެވެ. އަދި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް މިހާރު ބިލިއަނުން ދަރާފައި ހުރި ކަމަށާއި، ރައީސް ސާލިހަކީ، “ލޯނު ނަގާ ރައީސް” ކަމަށް ސިފަކުރައްވާފައެވެ.

މަލީހު ވިދާލުވީ، ރައީސް ސާލިހަކީ ދުނިޔޭގައި ހުންނެވި އެންމެ ބޮޑު “ދަރަނި ބޯ” ކަމަށެވެ. އަދި އެކި ކަންކަމުގެ ބަދަލު ދިނުމުގެ ނަމުގައި ދިވެހި މާލިއްޔާތު ދޮވެލައިފިކަމަށާއި، ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް އިތުރު ކުރަން ނިންމެވީވެސް މިހާރު އޮތް ހާލަތުން އަރައިގަތުމަށް އިތުރު އެއްވެސް މަގެއް ނެތުމުން ކަމަށް މަލީހު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަންޖެހިފައިވާކަމަށް ވިދާޅުވި މަލީހުވަނީ މީގެ އިތުރުންވެސް ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.

އެގޮތުން މަލީހު ވިދާޅުވީ، އެއަރޕޯޓު ހިންގުމާއި، ޓޫރިޒަމް ކުރިއެރުވުމަކީ އިދިކޮޅު ޕީޕީއެމްގެ ހުނަރެއް ކަމަށެވެ. އަދި އެކަންކަމަކީ ރައީސް ޔާމީންގެ ތަސައްވުރެއް ކަމަށާއި، އެމްޑީޕީ އަކީ ކުޅުދުއްފުށީގައި އެއަރޕޯޓެއް ބިނާ ކުރާ ވާހަކަދެއްކުމުން އެކަމާއި ދެކޮޅު ހެދި ޕާޓީއެއް ކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: