ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ބޭނުން ވަނީ ދެތިން ޒުވާނުން، ގިނަ ޒުވާނުން ބޭނުން ވަނީ ކުޅިވަރު ކުޅެވޭނެ ގޮތެއް: މަހުލޫފް

ޔޫތް މިނިސްޓަރ، އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުއަކާއި، ނުވަތަ އެހެން ކަމަކާއި ގުޅުވައި ރާއްޖޭގެ ރަށަކަށް ދިއުމުން ވަޒީފާ އާއި ބެހޭ ކަންބޮޑުވުންތައް ހުށަހަޅަނީ މަދު ޒުވާނުންތަކެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަތީ ތައުލީމު ނިންމައި، ވަޒީފާ ހޯދަން މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތުތައް ނެތްކަން ޒުވާނުން އަބަދުވެސް ފާހަގަ ކުރެ އެވެ. އަދި ޒުވާނުންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލު ކުރުމަށް އޮންނަނީ ޔޫތް މިނިސްޓްރީ ނަމަވެސް، މިނިސްޓްރީން އިސްކަން ދެނީ ކުޅިވަރުތައް ކުރިއެރުވުމަށްކަމަށް ބުނެ ފާޑުކިއުންތައް ވެސް އަމާޒުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔޫތް މިނިސްޓްރީގެ މަސައްކަތްތަކާއި ސަރުކާރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމަށް މަހުލޫފް ހާޒިރު ކުރި އެވެ. ގިނަ މެމްބަރުން ސުވާލު ކުރީ، ޒުވާނުންނަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލު ނުކުރެވޭ ސަބަބުތަކާއި ގުޅޭ ގޮތުންނެވެ. އަދި ރަށްތަކުގައި ކުރިޔަށް ގެންދަން ހަމަޖެހިފައި ހުރި ބައެއް ޕްރޮޖެކްޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރި އެވެ.

ކުޅިވަރުގެ މާސްޓަރ ޕްލޭނާއި ގުޅޭގޮތުން، ތ. ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލަށް މަހުލޫފް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް އެއްވެސް އަޅާލުމެއް ކުރީގެ ސަރުކާރުތަކުން ދީފައި ނެތްކަމާއި އެއްވެސް ވަސީލަތްތަކެއް ނެތްކަން އެނގިގެން ދަނީ އެ ރަށްތަކަށް ދަތުރު ކުރުމުން ކަމަށެވެ.

މަހުލޫފް ވިދާޅުވީ ރަށްތަކުގައި އުޅޭ ޒުވާނުން އިރުއޮއްސުމަށް ފަހު ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ. އަދި ގިނަ ފަހަރަށް ރައްޓެހިންނާއި އެކު އެއްވެލައި ކޮފީއަކަށް ދާނެ ތަނެއް ވެސް ނެތްކަމަށް ވިދާޅުވި އެވެ.

މަގާމާއި ހަވާލުވި ފަހުން ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރުކޮށް ޒުވާނުންނާއި އެކު ބައްދަލުވުންތައް ކުރިޔަށް ގެންދެވުނުކަން ފާހަގަކޮށް މަހުލޫފް ވިދާޅުވީ ވަޒީފާގެ ޝަކުވާއަކާއި އެކު އަންނަނީ މަދު ޒުވާނެއް ކަމަށެވެ. އަދި ވަޒީފާ ބޭނުންވެގެން އެކަމަށް ސުވާލު ކުރަނީ ވެސް މަދު ޒުވާނެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެ ޒުވާނުންތައް އައިސް އެދެނީ، ރަށުގައި ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑެއް ނުވަތަ ވޮލީ ކޯޓެއް ކަމަށެވެ.

“ އިރުއޮއްސުނީމަ އަޅުގަނޑުމެންގެ ޒުވާނަކ،ު ރައްޔިތަކު ކުރާނެ އެއްވެސް ކަމެއް ނެތް. ރަށުތެރޭގައި އެނބުރިލުން. ބައެއް ރަށްރަށުގައި ކޮފީއެއް ބޯލަން ވަންނާނެ ތަނެއްވެސް ނެތް. އަޅުގަނޑު މި މަގާމުގަ ހުރެ ގޮސް ރަށަކަށް އެރުމުން، ދެތިން ޒުވާނަކު ފިޔަވައި ދުވަހަކުވެސް ވަޒީފާ އަކާއި ބެހޭ ގޮތުން ވެސް ސުވާލުކޮށްލާފައި ނެތް. ހަމަ ގޮސް އެރީ ބުނާނެ ފުޓްބޯޅަ ދަނޑޭ ފުޓްސަލް ދަނޑޭ ވޮލީކޯޓޭ.“ މަހުލޫފް

ކުޅިވަރާއި ގުޅުން ހުރި ޕްރޮޖެކްޓުތަކަށް ޒުވާނުން އެދެނީ މަހުލޫފް ވިދާޅުވި ގޮތުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުންނެވެ.  އެހެން ކަމުން ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތަޖުރިބާގެ އަލީގައި މަހުލޫފް ވިދާޅުވީ ޒުވާނުންނަށް ފުރަތަމަ ކޮށްދޭންވީ ކަމަކީ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދިނުން ކަމަށެވެ.

މަހުލޫފް އިތުރަށް ވިދާޅުވިގޮތުގައި ކުޅިވަރު ކުޅުމަށް ފަހު ނޫނީ ޒުވާނުންނަށް ވަޒީފާއަކާ މެދު ވިސްނާލެވެން ނެތް ކަމަށެވެ.

“ މާލޭގައި ހުންނަ މީހާ އަށް ގޮސް ފުޓްސަލް ކުޅެލެވޭތީ އެވާހަކަ އެހެން ބުނެލި ކަމުގައި ވިއަސް، ރަށުގައި ހުންނަ މީހާ އަށް ފުޓްސަލް ދަނޑުވޭ ބޮޑު ރަންގަނޑަކަށް. ބޮޑު ރަންގަނޑަކަށްވޭ. އެއީ މިދެންނެވިހެން ކުރާނެ ކަމެއް ނެތި އޮވެފައި ކުއްލިއަކަށް ގޮސް ފުޓްސަލް ދަނޑެއް އެޅި އެތާ ކުޅެލާ ހަދަން ލިބުނީމަ.“ މަހްލޫފް

މަހުލޫފް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޒަމާނުއްސުރެ ހަމައެކަނި ފޯކަސް ކުރެވިގެން އައި ފުޓްބޯޅައިގެ ބަދަލުގައި އެހެން ކުޅިވަރުތަކަށް ފުރުސަތު ދީފައިވާ ކަމަށާއި އެކަމުގެ ސަބަބުން އޭގެ ނަތީޖާ މިއަދު ފެނިގެން ދާކަމަށާއި، މިއަދު ޓީޓީ އާއި ބެޑްމިންޓަނާއި ބީޗް ވޮލީ ކުޅުންތެރިން ރާއްޖެއަށް ދަނީ ރީތި ނަން ހޯދައިދެމުން ކަމަށެވެ.

މަހުލޫފް ވިދާޅުވީ މިއަހަރު އެކަނި އެކިއެކި ކުޅިވަރު ތަކުން 10 ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: