ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައި ނެތް!

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ވިޔަފާރި އުސޫލުން ގަސް ވިއްކާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައި އަދި ނެތްކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

“އެއްލަކައް ގަސް ޕްރޮގްރާމް” އަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. ކުރިއަށްއޮތް 5 އަހަރަށް އަމާޒުކޮށް އެކުލަވާލި އެކްޝަން ޕްލޭންގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ހިމަނައި އެކަމަށް ބޭނުންވާ ގަސްތައް ގެނައީ އަތޮޅު ތެރޭގެ ރަށްތަކާއި ރާއްޖެއިން ބޭރުންނެވެ. އަދި އޭގެ ދަށުން މި މަހުގެ 08 ވަނަ ދުވަހު ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި “މާލެ ފެހި” އައުޓްލެޓެއް ވަނީ ހުޅުވާފަ އެވެ.

“މާލެ ފެހި” އައުޓްލެޓު ނުވަތަ މި ފިހާރައިން އާންމުންނަށް ގަހާއި، ގަސްކާނާ ލިބެން ހުންނާނެ އެވެ. އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހޯދައި ދިނުންކަމަށް ފިހާރަ ހުޅުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ.

ސިޓީ ކައުންސިލަށް މިފަދަ ވިޔަފާރިތަށް ނުކުރެވޭނެކަމަށް ބުނެ، އެކަމާއި ގުޅުވައި މަޖިލީހުގެ ތަޅުމުގައި މެމްބަރުން ނުރުހުންފާޅުކޮށް ވާހަކަ ދެއްކެވި އެވެ. އަދި ނިޔާޒު ވެސް ވަނީ މިއީ ކައުންސިލަށް ލިބިގެން ވާ ބާރެއް ނޫންކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން މައްސަލައިގައި ނިޔާޒު ވިދާޅުވީ މި މައްސަލަ ބަލަން ޖެހޭ ކމަށާއި، ކައުންސިލުން ވިޔަފާރި ރެޖިސްޓްރީ ނުކުރާ ކަމަށެވެ. އެ ސަބަބާއި ހުރެ އިކޮނޮމިކް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލް 10،000 ރުފިޔާއިން ޖުރިމަނާކޮށްފަ އެވެ.

ކައުންސިލްތަކާއި ގުޅުން ހުރި މައްސަލަތައް މަޖިލީހުގައި ބަލާ، ލާމަރުކަޒީ ކޮމީޓިން މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅާނެތޯ ސުވާލު ކުރުމުން “ސަންގު” އަށް އަލީ ނިޔާޒް ވިދާޅުވީ، އެ މައްސަލަ އަކީ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލައެއް ނޫންކަމަށެވެ. އަދި ކޮމިޓީއިން އިތުރަށް އެ މައްސަލަ ކުރިއަށް ނުގެންދާނެކަމަށާއި މައްސަލައެއް ބަލާނީ އެ މައްސަލަ ޝަކުވާއެއްގެ ގޮތުގައި ކޮމިޓީއަށް މައްސަލަ ހުށައެޅުމުންކަމަށް އޭނާ ވިދާޅުވި އެވެ.

“ނޫން ކޮމިޓީއަށް ހުށައެޅިފައި އޮތް މައްސަލައެއް އެއް ނޫން، އިތުރަށް ކޮމިޓީއިން އެ މައްސަލައެއް ނުބަލާނެ އެއްވެސް ފަރާތަކުން ކޮމިޓީއަށް ހުށަނާޅާކަމަށް ވަންޏާ” އަލީ ނިޔާޒް

މީގެ ކުރިން މަޖިލީހުގައި ކުރެވުނު މަޝްވަރާގެ ތެރެއިން އަލީ ނިޔާޒް ވިދާޅުވީ ކައުންސިލަށް ވިޔަފާރި ކުރެވޭނެކަމަށެވެ. އެހެންނަމަވެސް އެކަން ކުރަންވާނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީކޮށް އެކަމުގެ ހުއްދަ ލިބިގެންކަމަށެވެ. އަދި އެފަދަ ކުންފުންޏެއްގެ ހުއްދަ ދޭ އިރު ބައެއް ކަންކަމަށް ބަލާ ކަމަށާއި، މާލޭގައި އެތައް ބަޔަކު ކުރަމުންދާ ވިޔަފާރިތަކަކަށް ގެއްލުންވާނެގޮތަށް އެފަދަ ހުއްދައެއް ދޭނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް އެނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އިކޮނޮމިކް މިނިސްޓްރީއިންވެސް ވަނީ މާލެ ސިޓި ކައުންސިލު ކުއްވެރިކޮއްފައެވެ. އެގޮތުން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާގޮތުން، އެ ފިހާރަ ހިންގާފައި ވަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ރަޖިސްޓްރީ ނުކޮށްކަމަށެވެ.

މި މަސައްކަތް ކައުންސިލުން ފެށީ ގަސް ކޮމެޓީން ގެންނަ ގަސްތަކުގެ މަސައްކަތްތަކަށް ހަމައެކަނި ޚަރަދު ކުރުމުގެ ބަދަލުގައި އެ ގަސްތަކަށް ކުރާ ހަރަދުތަކާއި އެއްވަރުގެ އާމްދަނީއެއް ލިބޭނޭ އިންތިޒާމެއް ހަމަޖެހުން މުހިންމުކަމަށް ދެކޭތީ އެވެ. އަދި ގެނެވޭ ގަސް ވިއްކައިގެން، ކައުންސިލަށް އާމްދަނީ ހޯދޭނޭ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްފަހު، މިކަން ކުރަންވީ ގޮތުގެ އުސޫލު ކައުންސިލުން އެންޑޯޒް ކުރުމަށްފަހު ކުރިއަށް ގެންދިއުމުގެ ގޮތުން “މާލެ ފެހި” އާންމުންނަށް ހުޅުވާލުމަށް ފާސްކޮށް އެކަން އާއްމު ކުރީ  އާއްމުކޮށް ލައިވް ކުރަމުން ދިޔަ ކައުންސިލްގެ ޖަލްސާގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: