ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި އިންޑިއާ އައުޓް ބެނާގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާ ނެގުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގެކޮޅުގައި ހަރުކުރި ބެނޭ ފުލުހުން ނެގި މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރައީސް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ އިންޑިއާ އައުޓްގެ ނަމުގައި އެމަނިކުފާންގެ ގެކޮޅުގައި ހަރުކުރި ބެނާ ނެގުމަށް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްފައި ވަނީ ރައީސް ޔާމީން ބާތިލްކޮށްދިނުމަށް އެދިވަޑައިގެންފައިވާ އަމުރާއި މެދު ހައިކޯޓުން ގޮތެއް ނިންމާފައިވާތީއެވެ. އެގޮތުން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަކީ ސިވިލް ކޯޓަށް ނުބެލޭނެ މައްސަލައެއްކަން ފާހަގަކޮށް ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ފާހަގަކޮށްފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުސަހެޅި މައްސަލައަކީ ސިވިލް ކޯޓަށް ނުބެލޭނެ މައްސަލައެއްކަން ފާހަގަކޮށް ދައުލަތުން ނެގި އިޖުރާއީ ނުކުތާއަށް ރިޢށޔަތްކޮށް ސިވިލް ކޯޓުން ނިންމީ މައްސަލަ ބޭރުކޮށްލުމަށެވެ. އަދި އަމުރު ބާތިލްކޮށްދިނުން ފިޔަވައި އެހެން ގެއްލުމުގެ ބަދަލަކަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ނުވާކަން ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ހައިކޯޓުން ކޮށްފައިވާ ހުކުމް ރައީސް ޔާމީން ހުސަހެޅުއްވި މައްސަލައަށް ފަރުވާ ލިބިފައިވާކަން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށް ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

އިންޑިއާ އައުޓްގެ ދަށުން ހިންގާ ހަރަކާތްތަކީ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް އާއްމު ކުރައްވާފަ އެވެ. އަދި އިންޑިއާ އައުޓް ޖެހި ޝިއާރުތަކާއި، އެ ބަސް މާނަ ކުރެވޭ ބެނާތައް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ އިދިކޮޅުގެ ބޮޑެތި ފާޑުކިއުންތައް ވެސް ސަރުކާރަށް އައާޒުވި އެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ބެނާ ހަރު ކުރިތާ 48 ގަޑިއިރު ވެސް ނުވަނީސް ކޯޓު އަމުރުގެ ދަށުން ބެނާ ނަގާފައި ވަނީ އެއީ އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ބުނެ އެވެ. ނަމަވެސް ދަށު ކޯޓުގައި ފުލުހުންނަށް އެކަން ސާބިތުކޮށްދެވިފައި ނުވުމާއި، އަދި އެ ނިންމުމަށް ވާސިލްވި ގޮތް ބުނެ ދެވިފައި ނުވާތީ ހައިކޯޓުން ވަނީ އެ ނިންމުން ބާތިލު ކުރައްވާފަ އެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ނުކުތާތަކުގެ ތެރޭގައި، އަމުރު ނެރެ ގެއަށް ނުވަދެ ވެސް ބެނާ ނެގޭނެކަން ފާހަގަކުރި އެވެ. ބެނާ ހަރުކޮށްފައި ހުރީ ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގެ ބޭރުގައިކަމަށް ވުމުންނާއި، އެއީ ހަދަމުން ދިޔަ އެ އިމާރާތުގެ އެންމެ މަތީ ހުރި ދާގަނޑުން ހުރި ހޮޅިތަކެއްގައި އައްސާފައި ހުރި ބެނާއެއްކަމަށް ހުކުމުގައި ވެއެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން ގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް ނެތްކަމަށް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: