ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބް ރިޓަޔަރ ކުރައްވަނީ!

ހައިކޯޓުގެ ފަނޑިޔާރު ކަމުން ރިޓަޔަރ ކުރެއްވި ފަނޑިޔާރު ޝުޢައިބް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ކަމުން ރިޓަޔރ ކުރެއްވުމަށް ނިންމާފައިވާކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ( އިން ހާމަކޮށްފިއެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާ، “އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު”ގެ ދަށުން ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބް ޙުސައިން ޒަކަރިއްޔާ، ސިއްޙީ ސަބަބުތަކަށްޓަކައި އަމިއްލައަށް އެދިލެއްވުމާ ގުޅިގެން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކޮށްދެވުމަށް ނިންމާފައިވާ ކަމަށެވެ.

ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަކީ 1999 ޖޫން 01 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ފަނޑިޔާރެކެވެ.

ޝުޢައިބު ޙުސައިން ޒަކަރިއްޔާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވަނީ 2011 މާރިޗު 26 ވަނަ ދުވަހުއެވެ. ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވިއިރު ފަނޑިޔާރު ކަމުގެ މަޤާމުގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.

ޝުޢައިބް ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުމަށް ކޮމިޝަނުން ނިންމަވާފައިވަނީ 22 ނޮވެންބަރު 2022 ވަނަ ދުވަހުން ފެށިގެންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: