ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކުރާ ކުދިންނަށް ފިޔަވަޅު އެޅުމުގައި އިސްކަން ދޭންވީ އެކުދިން އަނބުރާ މުޖުތަމަޢުއަށް ގެންނަން: ޕީޖީ

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް ފިޔަވަޅު އެޅުމުގައި އިސްކަން ދޭންޖެހޭނީ އެކުއްޖާ އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިގޮތަށް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރަމުންދާ ކުޑަކުދިންނާ ގުޅުންހުރި ދެގަވާއިދަކަށް އިޞްލާހެއް ގެނެސް އެކަމާއި ގުޅޭގޮތުން ތަފްސީލް ދެއްވުމުންނެވެ.

ޕީޖީ އޮފީހުން އިސްލާހު ގެނެސްފައި ދެ ގަވާއިދަކީ ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށާއި، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދަށެވެ.

މި ދެ ގަވާއިދަށް ގެނެސްފައި އިސްލާހުތަކާއި ބެހޭގޮތުން ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި އާންމުކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައި ވަނީ މިދެގަވާއިދަށް ބަދަލު ގެންނަން ޖެހުނީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުށުގެ ޢަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވަރޝަން ޕްރޮގްރާމް ހިންގުމަށް ދިމާވަމުން ދިޔަ ބައެއް ގޮންޖެހުންތައް ޙައްލުކޮށް، މާނަހުރި ގޮތެއްގައި، އެޤާނޫނުގައި ބުނާ ޕްރޮގްރާމްތައް ހިންގޭނެ ޤާނޫނީ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި، އެކި ސަބަބުތަކާހުރެ ތާށިވާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައި އޮތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައެވެ. މިއީ 2020 ވަނަ އަހަރު ޢަމަލަކުރަން ފެށި ޤާނޫނެވެ. އެޤާނޫނުގައި، ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތްތަކާބެހޭ އިޖުރާއަތުތައް ބަޔާންކޮށްފައިވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

އެޤާނޫނުގެ 8 ވަނަ މާއްދާ ބުނާގޮތުން، ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް ފިޔަވަޅު އެޅުމުގައި އެންމެ އިސްކަން ދޭންޖެހޭނީ އެކުއްޖާ އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢާށް ގެނައުމަށެވެ. އެކަން ޙާޞިލުކުރާނީ، ޑައިވަރޝަން ޕްރޮގްރާމެއްގެ ތެރެއިންނެކަން ޕީޖީ ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޝަމީމް ފާހަގަ ކުރައްވާފައިވާ ގޮތުގައި ޑައިވަރޝަންގެ މަޤްޞަދުތަކުގެ ތެރޭގައި، ކުއްޖާ ކުރި ޢަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުމާއި، މަޢާފަށް އެދުމުގެ ފުރުޞަތު ހޯދައިދިނުމާއި، ކުށް ތަކުރާރުކުރުމުން ދުރުހެލިކުރުމާއި ކުށުގެ ރެކޯޑެއް އައުން ހުއްޓުވުން ހިމެނެއެވެ.

ޤާނޫނާ ޚިލާފުވިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއްގެ މައްސަލައެއް އެއް މަރުހަލާއިން އަނެއް މަރުޙަލާއަށް ބަދަލުކުރަންވާނީ ޑައިވަރޝަންއަށް ފޮނުވުމާމެދު ގޮތެއް ނިންމުމަށްފަހު ކަމަށްވެސް ޤާނޫނުގައި އޮވްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. ޑައިވަރޝަންއާމެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ތަޙްޤީޤުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ޤާނޫނު ފާސްވެގެން އައިއިރު، ޑައިވަރޝަން އެއްބަސްވުން ހެދުމަށް އެކަށީގެންވާ ވަގުތެއް ނެތެވެ. އޭގެ އިތުރުން، ޑައިވަރޝަން އެއްބަސްވުމެއް ހެދުމަށްފަހު، ދައުވާ ނުކުރަން ނިންމާފައި އޮއްވާ، ޑައިވަރޝަން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ދެން ހެދޭނެ ގޮތެއްވެސް ނެތްކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން އަލުން ދައުވާ ހުށަހަޅަން ބަލާއިރު، ދައުވާކުރަން އޮތް މުއްދަތުގައި ކޯޓަށް މައްސަލަ ހުށަނާޅާތީ، އަލުން ކޯޓަށް ހުށަހެޅެން ނޮއޮންނަކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. ނަތީޖާއެއްގެ ގޮތުން، ޑައިވަރޝަންގައި ބައިވެރިވުން އެއީ ޤާނޫނީ ނަތީޖާއެއް ނާންނަ ކަމަކަށްވަާކަން ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން ގަވާއިދަށް އިސްލާހު ގެނެވުނީ މި މައްސަލަ ހައްލު ކުރުމަށް ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ގައިވާއިދަށް މިގެނައި އިސްލާހުގެ ތެރެއިން ޑައިވަރޝަން އެއްބަސްވުމެއް ހެދިއަސްވެސް، މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅަން އޮންނަ މުއްދަތުގައި ކޯޓަށް ހުށަހެޅުމަށްފަހު، ޑައިވަރޝަން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާކަން ނުވަތަ ނޫންކަން ބަލަން، އެމުއްދަތުގައި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ބާއްވައި ދިނުމަށް ޕީޖީއަށް އެދެވޭނެއެވެ. މީގެ ސަބަބުން ދައުވާ ކުރުމުގެ މުއްދަތު ގުނުން ހުއްޓުމަކަށް އަންނައިރު ޑައިވަރޝަންއާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، މައްސަލަ އަނބުރާ ގެނެވޭނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، މައްސަލަ ކުރިއަށްދާނެ ކަމަށާއި އޭރުން ޑައިވަރޝަންއާ ޚިލާފުވުމުގެ ޤާނޫނީ ނަތީޖާއެއްވެސް އޮންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ގަވާއިދަށް ގެނައި އިސްލާހުތަކުގެ ދަށުން  ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިރާސާކުރުމަށްފަހު، ޤާނޫނުގައިވާ ގޮތުގެ މަތިން ޑައިވަރޝަން ހިންގަން މަސައްކަތްކުރެވޭނެއެވެ. އަދި އެމަސައްކަތް ކުރަމުން ދަނިކޮށް، ދައުވާކުރުމުގެ މުއްދަތު ހަމަވާނަމަ، މުއްދަތު ހުއްޓުވުމުގެ ގޮތުން ދައުވާ ކުރެވޭނެއެވެ.

“މިގޮތަށް ހެދުމުން، ކުއްޖާއަށްވެސް، އެއްބަސްވުމަށް އައިސް، އިޞްލާޙުވުމަށް ބާރުއެޅުމަށް، އެކަމުގައި ގޮތެއް ނިންމުމަށް އެކަށީގެންވާ ވަގުތު ލިބޭނެއެވެ. ކުއްޖާއާއެކު އެއްބަސްވުމެއް ހެދިއްޖެނަމަ، މައްސަލަ އަނބުރާ ގެންނާނީއެވެ. އެއްބަސްނުވެވިއްޖެނަމަ، މައްސަލަ ކުރިއަށްދާނެއެވެ.” ޝަމީމް ވިދާޅުވެފައިވެއެވެ. 

އެއްބަސްވުމެއް ހަދައި، މައްސަލަ އަނބުރާ ގެނެސްފައި އޮއްވާ، ކުއްޖާ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެމައްސަލަ އަލުން ކޯޓަށް ހުށަހަޅާނެކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. މައްސަލަ ހުށަހަޅަން ބާރުލިބެނީ ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އިޞްލާޙުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: