ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ސުލޫކީ މިންގަނޑާ ހިލާފުވާ މަންދޫބުންނާއި، އޮބްޒާވަރުންނަށް އިތުރު ފުރުސަތެއް ދެން ނުލިބޭނެ!

އިންތިހާބުގެ ވޯޓު ނަތީޖާ އިއުލާނު ކުރުމުގެ ތެރެއިން/ ފޮޓޯ: އަވަސް:
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި، އަދި ސުލޫކު މިންގަނޑުތަކާއި ހިލާފުވާ އޮބްޒާވަރުންނާއި މަންދޫބުންނަށް އިތުރު ފުރުސަތުތައް ނުދެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އިސްލާހު ގެނެސްފި އެވެ.

މި އުސޫލު ހަމަ ޖައްސާފައިވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގަވާއިދަށް ގެނައި އައު އިސްލާހުގަ އެވެ.

އިންތިހާބުތަކުގައި ކެނޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުން އަމަލު ކުރަން ޖެހޭ ވަކި އުސޫލެއް އޮތް ނަމަވެސް އެއާއި ހިލާފުވެއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅެއް ކުރިން ބަޔާންކޮށްފައި ނޯވެ އެވެ.

އިންތިހާބުތަކާއި ބެހޭ އާއްމު ގަވައިދަށް އިލެކްޝަންސް ކޮމިޝަނުން އަލަށް ގެނައި އިސްލާހުގައި ވަނީ އިންތިހާބެއްގައި ވޯޓުލުން ކުރިޔަށް ދާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނު ކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ ގަވައިދުގެ މާއްދާތަކުގައި ބަޔާން ކުރާ ޝަރުތުތައް ފުރިހަމަވާ މީހެއް ނަމަވެސް އެ މީހަކީ އޭނާގެ މައްޗަށް އިންތިހާބީ ކުށެއް ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއް ނަމަ، ނުވަތަ އިންތިހާބުގައި ޢަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިހާބުގައި އޮބް ޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިހުތިޔާރު، ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

”އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން މި ގަވާއިދުގެ މާއްދާތަކުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބް ޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.“ 

އިންތިހާބުތަކުގައި ބައެއް ކެންޑިޑޭޓުންގެ މަންދޫބުން ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުތައް ބެހެއްޓުމުގެ ޝަކުވާތަކެއް ފެންމަތިވެފައި އެބަހުއްޓެވެ. އަދި އެ ޝަކުވާތައް، އިންތިހާބީ ޝަކުވާތަކުގެ ގޮތުގައި ހުށަހެޅި ނަމަވެސް ފިޔަވަޅު އެޅުމުގެ އުސޫލެއް ނެތުމުގެ ސަބަބުން އެކަން ބެލިފައި ނުވެ އެވެ.

އިންތިހާބުތަކާއި ބެހޭ ގަވައިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގައި އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެނޑިޑޭޓުންގެ ފަރާތުން އައްޔަނު ކުރާ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވިއްޖެކަން އަންގައި އެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރަންވާނެ އެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެނޑިޑޭޓުންގެ ފަރާތުން އައްޔަނު ކުރާ މަންދޫބުންނަށް އެކަމުގެ ހުއްދަ ދޫކުރެވޭނީ އެކަމަށްޓަކައި އިއުލާނު ކުރުމުން އެ މުއްދަތުގައި އެކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ކަމަށެވެ.

29 ވަނަ މާއްދާގެ (ނ) ގައި ވަނީ ކެނޑިޑޭޓުން އައްޔަނު ކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ހުންނަން ޖެހޭނެ ޝަރުތުތުތަކެވެ.

މި ގަވާއިދުގެ ދަށުން ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން ޢައްޔަނުކުރާ މަންދޫބުންގެ ގޮތުގައި އައްޔަނު ކޮށްފައިވާ ފަރާތުން ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓު ގުނާ ތަނުގައި ހަރަކާތްތެރިވާއިރު، އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ފާހެއް، އެ މީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ. މިގޮތުން ދޫކުރާ ފާސް އެ ފަރާތްތަކުން ބޭނުންކުރަންވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީންކަމަށް ގަވައިދު ބުނެ އެވެ.

މަންދޫބުންގެ ގޮތުގައި ހަަރަކާތްތެރިވާ މީހުން އިންތިހާބުތަކާއި ބެހޭ ގަވައިދުގައި ވާ ސުލޫކީ މިންގަނޑަށް އަމަލު ކުރަންވާނެކަމަށް ބުނަނީ މި ގަވައިދުގެ 29 ވަނަ މާއްދާގެ (ޅ) ގަ އެވެ. ނަމަވެސް އެއާއި އެއްގޮތަށް އަމަލުނުކޮށްފި ނަމަ އަޅާނެ ފިޔަވަޅެއް ނުވަތަ ސުލޫކީ މިންގަނޑުގެ މާބޮޑު ތަފްސީލެއް ނެތެވެ. އިލެކްޝަންސް ކޮމިޝަނުން ގެޒެޓު ކުރީ 29 ވަނަ މާއްދާގެ ފަހަތަށް 29.1 ގެ ގޮތުގައި މާއްދާއަށް އިތުރު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: