ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ކުޅިވަރުގެ ރަންޒަމާން ގެނެވިއްޖެ، މިއީ ޒުވާނުންގެ ދުވަހުގެ ހިތްހަމަޖެހުން: މަހުލޫފް

ޓްރެކު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، މި އަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރައްވަނީ ހިތްހަމަޖެހިވަޑައިގެން ހުންނަވައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވަނީ، ސަރުކާރުން ހިންގަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 20،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދެވިފައިވާނެކަމަށެވެ. އަދި ރައީސް ސާލިހުގެ ސާލިހުގެ ސަރުކާރުން ވަނީ 15،000 ދަރިވަރަކަށް ހިލޭ ޑިގްރީ ހޯދޭނެ މަގުވެސް ފަހިކޮށްދީފައިކަމަށް މަހުލޫފު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، މިހާރުގެ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް “ކުޅިވަރުގެ ރަންޒަމާން” ގެނެސްދީފައިކަމަށެވެ. އަދި ޒުވާނުންގެ ކުރިއެރުމަށް އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް، 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުތައް ވެސް ދީފައިވާނެކަމަށާއި، އެފަދަ އިތުރު އެތައް ކަމެއް ރައީސް ސާލިހުގެ ސަރުކާރުން ހާސިލުކޮށްފައިވާނެކަށް ފާހަގަކުރައްވާ މަހުލޫފު ވަނީ، މިއީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، އެނާއަށް ލިބިފައިވާ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: