ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ޒުވާނުންނަށް 20،000 އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފައްދާފައި: މަހުލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ޒުވާނުންނަށް 20،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދައިފި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓްގައި ވާ ގޮތުން 15000 ދަރިވަރުންނަށް ހިލޭ ޑިގްރީ އާއި ކުޅިވަރުގެ ދާއިރާގައި ޒުވާނުން ވިދަމުންދާ ކަން ފާހަގަކޮށް މިއީ ކުޅިވަރުގެ ރަންޒަމާން ކަމަށް ވިދާޅުވެފައިވެއެވެ.

ސަރުކާރުން ޒުވާނުންނަށް 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ދޫކޮށްފައިވާ ކަން ފާހަގަކޮށް މަހުލޫފް ވިދާޅުވެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ޒުވާނުންނަށް އެފަދަ އެތައް ކަމެއް ހާސިލްކޮށްދީފައިވާ ކަމީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު އޮތް ހިތްހަމަޖެހުމެއް ކަމަށެވެ.

މަހްލޫފް އެހެން ވިދާޅުވެފައިވާއިރު، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތައް ފަހިވެފައިނުވާ ކަމުގެ ޝަކުވާ ޝޯސަލް މީޑިއާގައި ގިނަ ޒުވާނުން ދަނީ ހާމަކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ހުސްވި ހަފްތާ ރައްޔިތުންގެ މަޖިލީހަށް މަހުލޫފް ހާޒިރު ކުރެވި ކުޅިވަރުގެ މާސްޓަރ ޕްލޭން އާއި ބެހޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވެފައިވަނީ ގިނަ ޒުވާނުން ބޭނުންވަނީ ކުޅިވަރު ކުޅެން ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ވަޒީފާގެ ވާހަކަ އޭނާ ގާތުގައި އަތޮޅުތެރެއިން ދިމާވި ދެތިން ޒުވާނަކު ދެއްކި ނަމަވެސް ގިނަ ޒުވާނުން ބޭނުންވަނީ ކުޅިވަރު ކުޅެން ކަމަށް ވިދާޅުވިއެވެ.

ކުޅިވަރު ކުޅޭނެ ގޮތެއް ހޯދުމަށްފަހުގައި ނޫނީ ވަޒީފާ އާއި ދޭތެރޭ ވިސްނަން ޒުވާނުން ބޭނުންނުވާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް މީގެ ކުރިން ޔޫތު މިނިސްޓްރީގެ ފަރާތުން ޔޫތް ޗެލެންޖް އާއި ކިއްސަރު ފެއަރ ފަދަ ފެއަރ ތައް ބޭއްވިގެން ގޮސްފައިވި ނަމަވެސް މިފަހަކަށް އައިސް އެފަދަ ފެއަރ ތައް ބޭއްވުން މަދުކަން ފާހަގަކޮށްލެވެއެވެ. ޒުވާނުންނަށް ފުރުސަތު ތައް ފަހި ކުރުމަށް ޖޮބް ސެންޓަރުތައް ރަށްރަށުގައި ގާއިމްކުރެވިފައިވީ ނަމަވެސް އެތަންތަނަށް ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ފުރިހަމަވެފައިނުވާ ކަން އާއްމުންގެ ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: