ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް: ޓެންޑަރިންގެ މަރުހަލާ ލަސްވީކަން އަމީރަށް ނޭނގޭ!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަޝްރޫއުގެ ޓެންޑަރިން މަރުހަލާ ލަސްވީކަން މާލީ ވަޒީރު އިބްރާހީމް އަމީރަށް ނޭގޭކަން ހާމަވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް މާލީ ވަޒީރު އިބްރާހީމް އަމީރު ހާޒިރު ކުރުމުން، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަމީރު ސުވާލުކުރެއްވީ ތ. ތިލަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީ ކުވައިތު ފަނޑުން ފައިސާ ހަމަޖެހިގެން އަޅާ ހޮސްޕިޓަލެއްކަމަށް ފާޙަަކޮށް، މިކަމަށް ބޭނުންވާ ފައިސާ މިހާރުވަނީ ކުވެއިތު ފަންޑުން ހަމަޖެހިފައިވާކަމާއި، މި ހޮސްޕިޓަލަށް އެޅުމަށް ބިޑް ހުޅުވާލެވި ކުރިމަތިލި ފަރާތްތަކުން ހުށައެޅި ބިޑްތައް މިނިސްޓްރީ އޮފް ހެލްތުން އިވެލުއޭޓްކޮށް، އެ މިނިސްޓްރީން މި މަސައްކަތް ހަވާލުކުރަންޖެހޭ ފަރާތް ކަނޑައެޅުމަށްފަހު އެ މަސައްކަތް ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުއްވާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވާތީ، މި މަސައްކަރް ބޮޑް ކާމިޔާބުކޮށްފައިވާ ފަރާތާ ހަވާލުނުކުރެވި ލަސްވަމުންދާ ސަބަބަކީ ކޮބައިތޯއެވެ.

ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބިޑް ކާމިޔާބު ކުރިކަމަށް އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެކަމަށާއި، ޓެންޑާ ބޯޑަށް ލިބިފައިހުރި ބިޑްތަކާއި ގުޅިގެން ޓެންޑާރ ބޯޑުން ނިންމާފައި ވަނީ ހުށައަޅާފައިހުރި އަގުތައް އެސްޓިމޭޓު ކުރެވިފައިވާ މިންވަރަށް ވުރެ ބޮޑުކަމަށްކަން އަމީރު ވިދާޅުވިއެވެ. އަދި އެހެންކަމުން މި ޕްރޮޖެކްޓްސްތައް އަލުން ކުއެތް ފަނޑަށް ރިޓެންޑާރ ކުރުމަށް ފޮނުވާފައި ވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ރީޓެންޑާރ ކުރުމުގެ މަސައްކަތް ކަމަށެވެ.

އަޅުގަނޑުމެން މިހާރު ކުއެތު ފަނޑަށް ފޮނުވާފަވާނެ، މި ޕްރޮޖެކްޓްސްތައް ރީޓެންޑާ ކޮށްގެން ކުރިއަށް ގެންދިޔުމަށް. އެހެންމަ ދެން ރީޓެންޑާކުރުމުގެ މަަރުހަލާ ކުރިއަށްދާނެ ވާހަކަ ފާހަގަކޮށްލަން

އޭގެ އިތުރުން ސިއްްހީ ދާއިރާ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމަށް ފާހަގަކުރައްވާ، އެގޮތުން ވަރަށް ގިނަ ހޮސްޕިޓަލުތަކާއި، ސިއްހީ މަރުޒަރުތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ގެންދާކަމަށް އަމީރު ވިދާޅުވިއެވެ.

މެންބަރު އަފީފް ގުޅިގެން ކުރާ ސުވާލުގައި ފާހަގަކުރެއްވީ ބިޑް އިވެލުއޭޓުކޯށް ނިމުނުކަމަށް އެބޭފުޅާއަށް މައުލޫމާތު ލިބުނީ މިދިޔަ ޖޫން މަހުގައިކަމަށާއި، އެހެންކަމުން މިނިސްޓަރު ވިދާޅުވި ގޮތުންނަމަ ކުއެތު ފަންޑަށް އިވެލުއޭޓުކުރުމުގެ ހުއްދައަށް އެދި ފޮނުވީ އޮކްޓޯބަރު މަހުގައިކަމަށެވެ. އަފީފް ސުވާލުކުރެއްވީ އެހާ ބޮޑަށް ލަސްވެގެންދިޔަ ސަބަބާއިމެދުއެވެ.

މިނިސްޓަރު ވިދާޅުވީ ލަސްވެގެންދިޔައީ ކިހާ މުއްދަތަކައްކަން ނޭގޭކަމަށާއި، ލަސްވެގެން ދިޔައީ ކިހާ މުއްދަތަކައްކަން އެގޭނީ ހުރިހާ ތަފްސީލުތަކެއް ބެލީމައިކަމަށެވެ. ނމަަވެސް މިހާރު މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ޕްރޮޖެކްޓްސްތައް ރީ ޓެންޑާކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށްކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިމޭނެކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: